މާލޭގައި އާންމުވެފައިވާ ސިލްސިލާ މާރާމާރީތަކާ ދެކޮޅަށް ޒުވާނުންތަކެއް މާލޭގައި މިއަދު އެއްވުމެއް ބާއްވައިފި އެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި އެ އެއްވުމުގައި ގާތްގަނޑަކަށް 50އަށް ވުރެ ގިނަ ޒުވާނުން އަޑުއުފުލައި، މާރާމާރީތަކާ ދެކޮޅަށް ތަފާތު އެވެ. އެ އެއްވުމަށް ދީފައިވާ ނަމަކީ އެވެ.

މިއަދުގެ އެ އެއްވުން އިންތިޒާމު ކުރުމުގައި ހަރާކަތްތެރިވި ބޭފުޅެއް ކަމުގައިވާ ހަސަން ޝަހީދު "ސަން"އަށް ބުނީ އެ އެއްވުން ބޭއްވީ މާރާމާރީތަކުގައި ޒުވާނުންތަކެއް މަރާލާފައިވާތީ އެފަދަ އަނިޔާވެރި އަމަލުތައް ދެކޮޅު ހަދައި، އެފަދަ ކަންތައްތައް ތަކުރާރުވުމަކީ ޒުވާނުން ބޭނުން ނުވާ ކަމެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

އޮގަސްޓް 4، 2017: މާލެގައި ހިންގަމުންދާ ސިސްސިލާ މާރަމާރީތަކާ ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން ކާނިވާ ސަރަހައްދުގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ދިވެހި ޒުވާނުން ނުކުމެ މިފަދަ ކަމެއް ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެންމެ އެދެވިގެންވާ ކަމެއް. އެއީ ޒުވާނުން ނުކުމެ މިފަދަ ކަމެއް ކޮށްފިއްޔާ އަޅުގަނޑު ގަބޫލު ކުރަނީ ކުރިޔަށް އޮތް ތާނގަ ހިނގައިގެން ނުދާނެ ކަމަށް،" ޝަހީދު ބުންޏެވެ.

އޭނާ ބުނީ މާރާމާރީތަކާ ދެކޮޅަށް ސިލްސިލާ އެއްވުންތަކެއްގެ ކުރިޔަށް ގެންދަން ހަމަޖެހިފައި ނުވާ ކަމަށާއި ނަމަވެސް އެއްވުމަކަށް ނުކުންނަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ފަދައިން އެއްވުންތައް ބާއްވަން ތައްޔާރަށް ތިބި ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަކި ޖަމިއްޔާއެއް ނޫންް އަދި އެއްވެސް ތަނެއްގަ ރަޖިސްޓާ ވެފައެއް ނޫން އަޅުގަނޑުމެން އޮތީ. ނަމަވެސް މިފަދަ ކަމަކަށް ނުކުންނައިރު ކޮންމެހެން ޖަމްއިއްޔާއަކަށް ވާކަށް ނުޖެހޭ، ތަނެއްގަ ރަޖިސްޓްރީވެސް ވާކަށް ނުޖެހޭ. ޒުވާނުން ނުކުމެ އަޑުއުފުލީ ޒުވާނުންގެ ގޮތުގައި."

އޮގަސްޓް 4، 2017: މާލެގައި ހިންގަމުންދާ ސިސްސިލާ މާރަމާރީތަކާ ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން ކާނިވާ ސަރަހައްދުގައި މިއަދު ބޭއްވި އެއްވުމުގައި ޕީޕީއެމްގެ މަޖިލިސް ދެ މެމްބަރަކު ޕޯސްޓަރެއް ހިފަހައްޓައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ބޭއްވި އެއްވުމުގައި ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ދެ މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދެ މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނެވެ.

ވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި މާލޭގައި ވަނީ ފަސް މާރާމާރީއެއް ހިންގައި ދެ ޒުވާނަކު މަރާލާފަ އެވެ. އެ މާރާމާރީތަކުގައި މަރުވެފައި ވަނީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް، 24 އާއި ރ. މީދޫ، މުހައްމަދު އަނަސް، 25 އެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ 23 މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް އަދި ބަންދުގެ މުއްދަތު އިތުރު ކުރި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ މާރާމާރީތަކާ ގުޅިގެން، 34 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ހޯދަމުންދާ މީހުންގެ ފޮޓޯއެއް އަދި ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.