ހުޅުމާލޭގެ ޒުވާނުންގެ ސިޓީގައި އިޖުތިމާއީ ސެންޓަރު "ފަހިވެނި" ރައީސުލް ޖުމްހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

ތިން ބުރިއަށް އިމާރާތްކޮށްފައިވާ އިޖްތިމާއީ ސެންޓަރު "ފަހިވަނި"އަކީ ޒުވާނުންނަށް ހާއްސަކޮށްގެން އެ މީހުންނަށް ލިބިދޭންޖެހޭ ހިދުމަތްތަކާ އިޖްތިމާއީ ތަމްރީނުތަކާއެކު މިނޫން ވެސް މިފަދަ ކަންކަމަށް ހާއްސަކުރެވިގެން ހުޅުވި ސެންޓަރެކެވެ.

މިރޭގެ ރަސްމިއްޔާތުގައި އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވިލޮޕްމަންޓް މުހައްމަދު ސައީދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެބޭފުޅާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާއިތުވެގެންދިޔަ ހަތަރު އަހަރުގެ ތެރޭގައި އައިސްފައިވާ ކުރިއެރުން ވޭތުވެދިޔަ ވެރިކަމުގެ ދައުރުތަކުގައި އައިސްފައިވާ ކުރިއެރުމާ އަޅާބަލާއިރު އެތަށް ގުނައެއް ބޮޑު ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމިނަކީ ދިވެހިންގެެ އިހްސާސްތަށް ރަނގަޅަށް ދަންނަ ދިވެހިންގެ ހިތްދަތިކަން ފުރިހަމައަށް ދެނެގަނެ އެފަދަ ކަންތައްތަކުގައި ކެނޑިނޭޅި ހައްލު ހޯދުމަށް މަސައްކަތްކުރާ ފަރާތެއް ކަމަށާއި މިފަދަ ވެރިއެއް ދިވެހިރާއްޖޭގެ ރައީސަކަށް ހުރުމަކީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދިވެހިންގެ ކޮންމެ ރައްޔިތަކަށް ވެސް އަދި އެމަނިކުފާނަށް ވެސް ލިބޭ އެންމެ ބޮޑު އުފަލަކީ ތުއްތުކުދިން މޫނުމަތިން ފެންނަ ހިނިތުންވުން ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ތުއްތުކުދިން ބޮޑެތިވަމުން އަންނަ މާހައުލަކީ ކޮންކަހަލަ މާހައުލެއްތޯ ނުވަތަ އެކުދިން ބޮޑެތި ވާން ޖެހޭނީ ކޮންމާހައުލަކަށްތޯ ސުވާލުކޮށްލުމަކީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ކޮށްލުން ރަނގަޅު ސުވާލެކެވެ.

އެގޮތުން ރައީސް ވިދާޅުވީ މުޖުތަމައުގައި ހިންގާ އެކިއެކި ނޭންގާނީ ކަންކަމާއި ގޭގޭގެ ސިޓިން ރޫމުތަކާ ހިސާބަށް މީޑިއާތަަށް މެދުވެރިކޮށް އަޑުއިވެން ނުޖެހޭ ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ.