ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސެވިގޮތް ހާމަ ކުރައްވައިފި އެވެ.
އިދިކޮލު ހިޔާލުގެ އަމިއްލަ މެންބަރުންނާ އެކު އިދިކޮޅު ފަރާތްތަކަށް އަޣްލަބިއްޔަތު އޮތް ކޮމިޓީތަކުގެ ތެރެއިން މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ހަތަރު މެމްބަރުންނާއި ޕީއޭގެ މެމްބަރަކާއި ގައުމީ ޕާޓީގެ މެންބަރެކެވެ. އެ ކޮމިޓީގައި ހިމެނެނިވަޑައިގަންނަވަނީ، ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލްޣަފޫރު މޫސާ އާއި ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބާއި ބިލެތްދޫ ދާއިރާގެ އަހްމަދު ހަމްޒާ އާއި މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމާއި އަލިފުށީ ދާއިރާގެ މުހައްމަދު ނާޝިޒާއި ކެލާ ދާއިރާގެ އަބްދުﷲ މައުސޫމާއި ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދެވެ.

އިޖްތިމާއީ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނާއި ޕީއޭގެ ދެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި މިނިވަން މެމްބަރެކެވެ. އެ ކޮމިޓީގައި ހިމެނެނީ ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދާއި މަނަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދާއި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރާއި ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހު މުހައްމަދާއި ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފާއި ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާނާއި މާވަށު ދާއިރާގެ އަބްދުލްއަޒީޒް ޖަމާލާއި ގަމު ދާއިރާގެ ޔޫސުފް އަބްދުލްޣަފޫރާއި ފަރެސްމާތޮޑާ ދާއިރާގެ އިބްރާހީމް މުއްތޮލިބާއި ވެލިދޫ ދާއިރާގެ އަލީ މުހައްމަދެވެ.

ގަވާއިދު ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ހަތަރު މެމްބަރުންނާއި ޕީއޭގެ އެއް މެމްބަރަކާއި މިނިވަން މެމްބަރެކެވެ. މިނިވަން މެމްބަރެއްގެ ގޮތުގައި ހިމެނެނީ އިހަވަންދޫ ދާއިރާގެ އަހްމަދު އަބްދުﷲ އާއި ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒާއި ފުވައްމުލަކު މެދު ދާއިރާގެ ޝިފާގް މުފީދާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގާއި ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފާއި ނައިފަރު ދާއިރާގެ އަހްމަދު މުހައްމަދާއި އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމާއި ގަމު ދާއިރާގެ ޔޫސުފް އަބްދުލްޣަފޫރާއި އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޑީއާރްޕީގެ ހަތަރު މެންބަރުންނާއި ޕީއޭގެ މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި ގައުމީ ޕާޓީގެ މެމްބަރަކެވެ. މި ކޮމިޓީގައި ހިމެނެނީ މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މުހައްމަދު ރަޝީދާއި ފުނަދޫ ދާއިރާގެ އަލީ ސަލީމާއި ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒާއި ކެލާ ދާއިރާގެ އަބްދުﷲ މައުސޫމާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ކުރެންދޫ ދާއިރާގެ އަހްމަދު މޫސާ އާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދެވެ.

އިމްތިޔާޒް ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނާއި ޕީއޭގެ މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި މިނިވަން މެމްބަރެކެވެ. މި ކޮމިޓީގައި ހިމެނެނީ ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒާއި މިލަންދޫ ދާއިރާގެ އަލީ ރިޒާ އާއި ގައްދޫ ދާއިރާގެ ޒާހިރު އާދަމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދާއި މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ އާއި ފެލިދޫ ދައިރާގެ ޔޫސުފް ނައީމާއި މަތިވެރި ދާއިރާގެ ހުސައިން މުހައްމަދާއި ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން މުހައްމަދާއި ކިނބިދޫ ދާއިރާގެ މޫސާ ޒަމީރާއި ފަރެސްމާތޮޑާ ދާއިރާގެ އިބްރާހީމް މުއްތޮލިބާއި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (142) ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނާއި ޕީއޭގެ މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި ގައުމީ ޕާޓީގެ މެމްބަރަކާއި މިނިވަން ދެ މެމްބަރުންނެވެ.
އެ ކޮމިޓީގައި ހިމެނެނީ ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަހްމަދު ސަމީރާއި ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހާއި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދާއި އުނގޫފާރު ދާއިރާގެ އަފްރާޝީމް އަލީ އާއި މުލަކު ދާއިރާގެ އަބްދުﷲ ޔާމީނާއި މާމިގިލީ ގާސިމް އިބްރާހީމާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އާއި ކާށިދޫ ދާއިރާގެ އިސްމާއީލް އަބްދުލް ހަމީދެވެ.

މި ކޮމިޓީގައި ޑީއާރްޕީން މުޅިން ވެސް ހިމަނާފައި ވަނީ އެ ޕާޓީގެ ލީޑަޝިޕާ ދެކޮޅަށް ތެދުވެފައިވާ ޒެޑް ފެކްޝަންގެ މެމްބަރުންކަން ފާހަގަ ކޮށްލެވެ އެވެ.

ސަރުކާރުގެ ފިކުރަށް ތާއީދު ކުރާ އަމިއްލަ މެންބަރުން ހިމަނައިގެން ސަރުކާރު ހިންގާ އެމްޑީޕީއަށް އަޣްލަބިއްޔަތު އޮތް ކޮމިޓީތަކުގެ ތެރެއިން، އިގްތިސާދީ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި މިނިވަން ދެ މެންބަރުންނެވެ.

އެ ކޮމިޓީގައި ހިމެނެނީ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ ހަސަން އާދިލާއި މާފަންނު ދެކުނު ދާއިރާގެ އިބްރާހީމް ރަޝީދާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ފުނަދޫ ދާއިރާގެ އަލީ ސަލީމާއި މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ އާއި ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާނާއި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމާއި މީދޫ ދާއިރާގެ އަހްމަދު ސިޔާމް މުހައްމަދާއި އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ތިން މެންބަރުންނާއި ޕީއޭގެ މެމްބަރަކާއި މިނިވަން ދެ މެންބަރުންނެވެ. މި ކޮމިޓީގައި ހިމެނެނީ މަނަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒާއި މަޑަވެލީ ދާއިރާގެ މުހައްމަދު ނާޒިމާއި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކާއި އަލިފުށީ ދާއިރާގެ މުހައްމަދު ނާޝިޒާއި ފެލިދޫ ދާއިރާގެ ޔޫސުފް ނައީމް ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމާއި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އާއި ދުވާފަރު ދާއިރާގެ މުހައްމަދު ޒުބައިރާއި ފުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އެވެ.

އާންމު ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނާއި ޕީއޭގެ މެމްބަރަކާއި މިނިވަން ދެ މެމްބަރުންނެވެ. މި ކޮމިޓީގައި ހިމެނެނީ ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒާއި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދާއި ހިންނަވަރު ދާއިރާގެ މުހައްމަދު ސޯލިހާއި ތިނަދޫ ދާއިރާގެ މުހައްމަދު ގަސަމާއި ހިތަދޫ މެދު ދާއިރާގެ މުހައްމަދު ރަޝީދާއި ކެންދޫ ދާއިރާގެ އަހްމަދު ތަސްމީން އަލީ އާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހްސިނާއި މާވަށު ދާއިރާގެ އަބްދުލްއަޒީޒް ޖަމާލާއި ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރާއި ދުވާފަރު ދާއިރާގެ މުހައްމަދު ޒުބައިރެވެ.

ޕެޓިޝަން ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނާއި ޕީއޭގެ މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި މިނިވަން މެމްބަރެކެވެ. މި ކޮމިޓީގައި ހިމެނެނީ ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދާއި ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލްޣަފޫރު މޫސާ އާއި ހިތަދޫ މެދު ދާއިރާގެ މުހައްމަދު ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ އިބްރާހީމް ރަޝީދާއި ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގު ހަސަނާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން ހަމީދާއި ވިލިނގިލީ ދާއިރާގެ މުހައްމަދު ރާމިޒާއި އިސްދޫ ދާއިރާގެ އަހްމަދު ރަޝީދާއި ކުރެންދޫ ދާއިރާގެ އަހްމަދު މޫސާ އާއި ކާށިދޫ ދާއިރާގެ އިސްމާއީލް އަބްދުލްހަމީދެވެ.

އަޣްލަބިއްޔަތު ވަކި ފަރާތަކަށް ބުރަނުވާ ގޮތަށް މެންބަރުން ހިމެނޭ ތިން ކޮމިޓީއެއް ވެސް ހިމެ އެވެ. އޭގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެންބަރުންނާއި ޑީއާރްޕީގެ ހަތަރު މެމްބަރުންނާއި ޕީއޭގެ މެމްބަރަކާއި މިނިވަން މެމްބަރެކެވެ.

އެ ކޮމިޓީގައި ހިމެނެނީ އިހަވަންދޫ ދާއިރާގެ އަހްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަހްމަދު ސަމީރާއި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ބިލަތްދޫ ދާއިރާގެ އަހްމަދު ހަމްޒާ އާއި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރާއި ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒާއި ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ އާއި ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމާއި މުލަކު ދާއިރާގެ އަބްދުﷲ ޔާމީނާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދެވެ.

ގައުމީ ތަރައްގީގެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޑީއާރްޕީގެ ތިން މެމްބަރުންނާއި ޕީއޭގެ މެމްބަރަކާއި މިނިވަން ދެ މެމްބަރުންނެވެ. ދެ ފަރާތް ހަމަހަމަ އަށް އޮތް މި ކޮމިޓީގައި ހިމެނެނީ ކޮމަންޑޫ ދާއިރާގެ ހުސައިން ވަހީދާއި މިލަންދޫ ދާއިރާގެ އަލީ ރިޒާ އާއި ކެނދިކުޅުދޫ ދާއިރާގެ އަހްމަދު އީސާ އާއި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދާއި ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން ހަމީދާއި ވިލިނގިލީ ދާއިރާގެ މުހައްމަދު ރާމިޒާއި ކިނބިދޫ ދާއިރާގެ މޫސާ ޒަމީރާއި ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރާއި ކާށިދޫ ދާއިރާގެ އިސްމާއީލް އަބްދުލް ހަމީދެވެ.

ސުލޫކު ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެންބަރުންނާއި ޑީއާރްޕީގެ ހަތަރު މެންބަރުންނާއި ޕީއޭގެ މެމްބަރަކާއި މިނިވަން މެމްބަރެކެވެ. މި ކޮމިޓީގައި ހިމެނެނީ މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމާއި ކެނދިކުޅުދޫ ދާއިރާގެ އަހްމަދު އީސާ އާއި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފާއި މަތިވެރި ދާއިރާގެ ހުސައިން މުހައްމަދާއި ނައިފަރު ދާއިރާގެ އަހްމަދު މުހައްމަދާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި އިސްދޫ ދާއިރާގެ އަހްމަދު ރަޝީދު އިބްރާހީމާއި ވެލިދޫ ދާއިރާގެ އަލީ މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮމިޓީތަކުގެ ބައްދަލުވުންތައް ރާވައި މުގައްރިރުން ކަނޑައެޅުމުގެ ކަންތައް މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަމީން އާންމު އަހްމަދު މުހައްމަދަށް ވަނީ އަންގަވައިފަ އެވެ.