Back
Nov 23, 2025 SUN
SUN

ސަޓާއަށް ނިއުދިއްލީ އަދި ކޮލޮމްބޯއިން ހޮސްޕިޓެލިޓީ ޕާޓްނަރުން ހަމަޖައްސައިފި

ސަޓާއަށް ނިއުދިއްލީ އަދި ކޮލޮމްބޯއިން ހޮސްޕިޓެލިޓީ ޕާޓްނަރުން ހަމަޖައްސައިފި
Lead photo

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2017 އަށް ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއާއި އިންޑިއާގެ ވެރިރަށް ނިއުސިއްލީއިން ހޮސްޕިޓެލިޓީ ޕާޓްނަރުން ހަމަޖައްސައިފި އެވެ.

ސަޓާ އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތުދޭ ގޮތުގައި، ކޮލޮމްބޯއިން ހޮސްޕިޓެލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ކޮލޮމްބޯގެ ރަމަދާ ހޮޓެލްއެވެ. ސަޓާއަށް ސްރީލަންކާ އިން ނޮމިނޭޓުވެފައިވާ ޕްރޮޕަޓީތައް، ޖަޖުންގެ ޕެނަލަށް ޕްރެޒެންޓޭޝަން ހުށަހެޅުން ކުރިޔަށްދާނީ ރަމަދާ ހޮޓެލް ކޮލޮމްބޯގަ އެވެ.

މީގެ އިތުުރުން އުތުރު އިންޑިއާގެ ހުރިހާ ޕްރޮޕަޓީތަކުން ޕްރެޒެންޓޭޝަން ހުށަހެޅުން ކުރިޔަށްދާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އުޑްމަން ހޮޓެލްސް އެންޑް ރިސޯޓްސް ބައި ފާރންސް އެން ޕެޓަލްސްގަ އެވެ.

ހޮސްޕިޓެލިޓީ ޕާޓްނަރުންގެ ގޮތުގައި މި ދެ ތަނުގެ އިތުރުން ވެސް އިތުރު ހޮޓެލްތައް ސަޓާ އިން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، ނޭޕާލްގެ ޕްރޮޕަޓީތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުމާއި އިވެލުއޭޝަންގެ ކަންކަން ހިނގާނީ ނޭޕާލުން ހަމަޖެއްސި ހޮސްޕިޓެލިޓީ ޕާޓްނަރަކީ ކަތުމަންޑޫގެ ހޮޓެލް މަލްބެރީ އެވެ.

އަދި ދެކުނު އިންޑިއާ އިން ހޮސްޕިޓެލިޓީ ޕާޓްނަރަކަށް ބެންގަލޫރުގެ ޗާންސަރީ ޕެވިލިއަން ހަމަޖައްސާފައިވާ އިރު، ރާއްޖެ އިން ހޮސްޕިޓެލިޓީ ޕާޓްނަރަކަށް ހަމަޖެއްސީ ޗަމްޕާ ސެންޓްރަލް ހޮޓަލެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ ސަޓާ އެވޯޑްސްގައި ފަސް ގައުމެއްގެ 414 އަށް ވުރެ ގިނަ ފަރާތުން ނޮމިނޭޝަން ހުށަހަޅާފައިވެ އެވެ. އެ ފަސް ގައުމަކީ ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ އިތުރުން ނޭޕާލާއި ބޫޓާނެވެ.

ނޮމިނޭޓުކޮށްފައިވާ ޕްރޮޕަޓީތަކުގެ ތެރޭގައި އިންޑިއާއާއި ލަންކާގެ އެންމެ މަޝްހޫރު ހޮޓެލް ބްރޭންޑްތައް ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާ އިން ޝެރަޓަން ގްރޭންޓް، މެރިއަޓް، ކޯޓްޔާޑް، ހޮލިޑޭ އިން، ޓާޖް ހޮޓެލްސް ފަދަ ތަންތަން ހުރި އިރު، ސްރީލަންކާގެ ސިނަމަން ހޮޓެލްސް، އަމާޔާ ރިސޯޓްސް، ދަ ކިންގްސްބަރީ، ގޯލް ފޭސް ހޮޓެލް، މައުންޓް ލެވީނިއާ ހޮޓެލް އަދި ޖެޓްވިންގް ހޮޓެލްސް ހިމެނެ އެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް ބާއްވާ ޓްރެވަލް އެވޯޑްސް 2017 އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ރާއްޖޭގަ އެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics