03 Aug 2017, 11:37
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އިތުރު ބިން ހިއްކުމާއި ޝީޓްޕައިލިންގްގެ މަސައްކަތް ފަށާފައި ވާތީ ހުޅުލޭ ހުޅަނގު ނެރު ވަގުތީ ގޮތުން ބަންދުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުންް މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން އެ ސަރަހައްދުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށްދިޔުމުގެ ސަބަބުން، ހުޅުލޭ ހުޅަނގު ދެކުނު ނެރަކީ ކަނޑު އުޅަނދުފަހަރު ދަތުރުކުރުން ގިނަ ސަރަހައްދެއް ކަމުން ފަސިންޖަރުންގެ ރައްކާތެރިކަމަށް ޓަކައި އެސަރަހައްދުގެ ނެރު ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.
ހުޅުލޭގެ ހުޅަނގު ދެކުނު ނެރުގެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައި ވަނީ މި މަހު 6 އިން މި މަހު 16ގެ ނިޔަލަށެވެ.
އެ މުއްދަތުގައި ހުޅުލެއަށް ވަންނަ އުޅަނދުފަހަރުތައް ބޭނުންކުރުމަށް ނިންމާފައި ވަނީ ހުޅަނގު އުތުރު ބަނދަރުކަމުގައި އެމްއޭސީއެލް އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުލެއިން ނިކުންނަ އުޅަނދުތައް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ މެދަށް އޮންނަ ނެރުކަމުގައި ވެސް އެކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.