ހއ. އިހަވަންދޫ ތެޔޮ ފިހާރައެއް ފަޅާލައި 75000 ރުފިޔާ ވަގަށް ނެގި މައްސަލާގައި ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އިހަވަންދޫ ތެޔޮ ފިހާރައެއް ފަޅާލައި 75000 ރުފިޔާ ވަގަށް ނެގި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ރޭ ދެ ދިވެހިންގެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދުގައި ހުންނަ ތެޔޮ ފިހާރަ ފަޅާލި މައްސަލާގައި ހައްޔަރު ކުރީ 24 އަހަރާއި 17 އަހަރުގެ ދެފިރިހެނުންނެވެ. ނަމަވެސް ދެ މީހުންގެ ވަނަވަރު އަދި ހާމައެއް ނުކުރެ އެވެ.

ދާދި ފަހަކުން އިހަވަންދޫ އައިސްޕްލާންޓެއްގެ ތެރޭގައި ދިވެއްސަކު މަރާލާފައި އޮއްވައި ވެސް ވަނީ ފެނިފަ އެވެ. އެ މައްސަލާގައި ފަސް ބިދޭސީއެއްގެ މައްޗަށް ދައުވާކުރަން އެދި ފޮނުވާފައިވާ އިރު މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރުއެއީވެސް ފައިސާގެ މައްސަލަތަކެކެވެ.