02 Aug 2017, 12:24
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް އައްޔަން ކުރެއްވީ ކ ވިލިގިލި، ފާންތަރި، ޑރ. މަރްޔަމް ޖަބީންއެވެ.
ޖަބީން އެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެއެވެ. މިހާތަނަށް އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަގާމުގައެވެ.