ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރަންޓް އެވޯޑްސްގައި، ސަން ސިޔާމް އިރުފުށީގެ "ދަ ސްޕާ ބައި ތާލްގޯ"އަށް ޝަރަފުވެރި އެވޯޑުތަކެއް ލިބިއްޖެ އެވެ.

ނިމިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ވިއެޓްނާމްގެ ހަނޯއީގައި ބޭއްވި ވޯލްޑް ލަގްޒަރީ ސްޕާ އަދި ރެސްޓޯރަންޓް އެވޯޑްސްގައި، ސަން ސިޔާމް އިރުފުށި އަދި ސަން އަކުއާ ވިލުރީފްގެ ސްޕާއަށް ވަނީ ސަރަހައްދީ ފެންވަރުގައި އެވޯޑުތަކެއް ލިބިފަ އެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓުގައި ހުންނަ، ީގެ ""އަށް މިއަހަރުގެ ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްގައި ވަނީ، ބައްރުގެ ބެސްޓް ލަގްޒަރީ ރިސޯޓު ސްޕާ އެވޯޑު ލިބިފަ އެވެ. މިދިޔަ އަހަރުގެ ލަގްޒަރީ ސްޕާ އެވޯޑްސްގައި "ދަ ސްޕާ ބައި ތާލްގޯ"އަށް ރާއްޖޭގެ ބެސްޓް ލަގްޒަރީ ސްޕާ ރިސޯޓުގެ އެވޯޑު ލިބުނެވެ.

ސަން އަކުއާ ވިލުރީފްގެ "ސަން އަކުއާ ސްޕާ"އަށް ވެ. އެއީ ބައްރުގެ ބެސްޓް ހައިޑަވޭ ލަގްޒަރީ ސްޕާ އެވޯޑާއި ސަރަހައްދުގެ ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ އެވޯޑާއި ރާއްޖޭގެ ބެސްޓް ލަގްޒަރީ ބުޓީކް ސްޕާ އަދި ބެސްޓް ލަގްޒަރީ ވެލްނެސް ސްޕާ އެވޯޑެވެ.

ރެސްޓޯރަންޓްތަކުގެ ބައިން، ސަން ސިޔާމް އިރުފުށި ރިސޯޓުގެ "ޓްރިއޯ" ރެސްޓޯރަންޓަށް ބައްރުގެ ލަގްޒަރީ ރިސޯޓު ރެސްޓޯރަންޓް އެވޯޑާއި ރާއްޖޭގެ ފައިން ޑައިނިންގް ކުއިޒީން އެވޯޑު ލިބުނެވެ.

އަދި ސަން އަކުއާ ވިލުރީފްގެ "ވެލް ޑަން" ރެސްޓޯރަންޓަށް ބައްރުގެ ލަގްޒަރީ ސީފުޑް ރެސްޓޯރަންޓް އެވޯޑު ވަނީ ލިބިފަ އެވެ.