02 Aug 2017, 08:44
ދަނުޝް އާއި ކާޖޮލްގެ ތަމިލް-ތެލުގޫ ކޮމެޑީ ޑްރާމާ، 'ވީއައިޕީ 2' ރިލީޒް ކުރާނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ދަނުޝް ބުނެފި އެވެ.
އެ ފިލްމަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ސުޕަހިޓް ފިލްމު 'ވީއައިޕީ'ގެ ސީކުއެލް އެވެ. ފުރަތަމަ ފިލްމުގައި ދަނުޝް އާއެކު ފެނިގެން ދިޔައީ މަލަޔާލަމް އަދި ތަމިލް އެކްޓަރު އަމަލާ ޕޯލް އެވެ.
'ވީއައިޕީ 2' އަކީ 19 އަހަރަށް ފަހު ތަމިލް ފިލްމަކުން ކާޖޮލް ފެނިގެންދާ ފުރަތަމަ ފަހަރެވެ. ތަމިލް ފިލްމަކުން ކާޖޮލް ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 1997 ވަނަ އަހަރު ރިލީޒް ކުރި 'މިނަސާރާ' އިން ޕްރަބޫ ދޭވާ އަދި އަރްވިންދު ސްވާމީ އާއެކު އެވެ.
ދަނުޝް އާއި ކާޖޮލްގެ އޮންސްކްރީން ކެމިސްޓްރީ ބަލައިލުމަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިބި އިރު، ފިލްމުގެ ޓްރެއިލަރ ވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.
ފިލްމުގެ ވާހަކަ ލިޔެ ސްކަރިޕްޓު ވެސް ތައްޔާރުކޮށްފައި ވަނީ ދަނުޝް އެވެ. 'ވީއައިޕީ 2' ގެ އިތުރުން ދަނުޝްގެ އިތުރު ހަތަރު ފިލްމެއް މި އަހަރު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.