ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެމަގާމަށް އައްޔަން ކުރެއްވީ، ހެންވޭރު އިސްދޫ މާރިޔާ އަލީ ކަމަށެވެ. މާރިޔާ މިހާތަނަށް ހުންނެވީ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ނައިބު ކަމުގެ މަގާމުގަ އެވެ.

މާރިޔާ އަލީ އަކީ މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކުގެ ދަރިކަނބަލެކެވެ.