ގޯވާ ޓެކްނޮލޮޖީއަކީ ޓީވީ އާއި ސްމާޓްފޯނާއި ލެޕްޓޮޕް ފަދަ ތަކެތި އުފައްދާ އާ ކުންފުންޏެކެވެ. މިތަކެތީގެ އިތުރުން ލެޕްޓޮޕް ދަބަހާއި ޕަވާ ބޭންކް ފަދަ ތަކެތި ވެސް އަމިއްލައަށް ޑިޒައިންކޮށްގެން ވިއްކަ އެވެ. މި ކުންފުންޏަކީ ޗައިނާ އާއި ސިންގަޕޫރުން ހަރަކާތްތެރިވާ، އޮންލައިން ކުންފުންޏެކެވެ.

މިކުންފުނީގެ ލެޕްޓޮޕްތައް މިހާރު މި ވަނީ ރާއްޖެއާ ހަމައަށް ފޯރައިފަ އެވެ. ދިވެހީންނާ ހަމައަށްގޯވާ ލެޕްޓޮޕްސްގެނެސްދެނީ އެސްޓާސް އިން ނެވެ.

އެސްޓާސް އިން ބުނި ގޮތުގައި، މި ލެޕްޓޮޕަކީ ދަތުރުކުރާ މީހުންނަށާއި ސްކޫލް ދަރިވަރުންނަށް ބޭނުންކުރުމަށް ވަރަށް ޚާއްސަ ލެޕްޓޮޕެކެވެ. އެސައިންމެންޓްސް ލިޔުމަށާއި ފިލްމު ބެލުމަށާއި ސްކައިޕު ނުވަތަ ވީޑިއޯ ކޯލް ކުރުމަށް މި ލެޕްޓޮޕަކީ ކަމުދާނެ އެއްޗެކެވެ.

ގޯވާ ލެޕްޓޮޕުގައި ހުންނަނީ ވިންޑޯޒް 10 އޮޕަރޭޓިންގް ސިސްޓަމް ސޮފްޓްވެއާ އެވެ. އޭގައި އިންބިލްޓް މައިކްރޮފޯނަކާއި ވެބްކެމްގެ އިތުރުން، އެސްޑީ ކާޑު ސްލޮޓާރި، ދެ ޔޫއެސްބީ ޕޯޓު އަދި ބްލޫޓޫތު ހުރެ އެވެ.

އެސްޓާސް އިން މި ލެޕްޓޮޕް ވިއްކަނީ ވަރަށް ޚާއްސަ އަގުތަކެއްގަ އެވެ. މި ލެޕްޓޮޕުގެ ރީޓެއިލް އަގަކީ 3،499 ރުފިޔާ އެވެ. އެހެން ނަމަވެސް ކިޔަވާ ކުދިންނަށް 2،999 ރުފިޔާގެ ޚާއްސަ އަގެއްގައި މި ލެޕްޓޮޕް ލިބޭނެ ކަމަށް އެސްޓާސް އިން ބުންޏެވެ. ކިޔަވާ ކުދިންގެ ޚާއްސަ ޑިސްކައުންޓް ހޯދުމަށް، 18 އަހަރުން މަތީގެ ދަރިވަރަކު ނަމަ ސްޓޫޑެންޓް އައިޑީ، އަދި 18 އަހަރުން ދަށުގެ ދަރިވަރަކު ނަމަ އައިޑީކާޑު ހުށަހަޅަން ޖެހެ އެވެ.

މި ލެޕްޓޮޕަށް އެސްޓާސް އިން 12 މަހުގެ ވޮރެންޓީ ވެސްދެ އެވެ.