01 Aug 2017, 15:00
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން "ހެއްޔާ" މަކިޓާ ޕްރޮމޯޝަން 2017 ފަށައިފިއެވެ.
މިއަދު ހޯމް އިމްޕްރޫވްމަންޓްގައި އޮތް މިހަފްލާގައި ވާހަކަ ދައްކަމުން އެތަނުގެ ބްރޭންޑް މެނޭޖަރު އަހްމަދު ނޫރު ވިދާޅުވިގޮތުގައި މިއީ އެކުންފުނިން ކޮންމެ އަހަރަކު މަކިޓާގެ ކަސްޓަމަރުންނަށް ބާއްވާ އެންމެ ބޮޑު ޕްރޮމޯޝަނެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކޮންމެެ ހަފްތާއަކު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް މަކީޓާ ބްރޭންޑްގެ ސާމާނު އިނާމުގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.
ކުަރައްވާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ އުސޫލުން ހަމަޖެހިފައިވާ މިޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު މަކީޓާގެ ކަސްޓަމަރުންގެ އިތުރުން އެހެން ފަރާތްތަކަށްވެސް ހުޅުވާލެވިފައިވެއެވެ.

ޕްރޮމޯޝަނާ ބެހޭގޮތުން ހޯމް އިމްޕްރޫވްމަންޓްގެ ބްރޭންޑް މެނޭޖަރު ވާހަކަދައްކަވަނީ --- ސަންފޮޓޯ: ފަޔާޒް މޫސާ
ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ހޯމް އިމްޕްރޫވްމަންޓުން ދޫކުރާ ޓީވީ އާއި މަކިޓާ ބްރޭންޑްގެ ބުރުމާފަދަ ތަކެތި ހިމެނެއެވެ.
މީގެ އިތުރުން މިޕްރޮމޯޝަންގެ ތެރޭގައި ބައްލަވައިގަންނަވާ ތަކެއްޗަށް އެއް އަހަރު ދުވަހުގެ ވޮރަންޓީ ލިބޭނެ ކަމަށްވެސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހާމަކުރިއެވެ.
މިޕްރޮމޯޝަންގެ ދަށުން "މަކިޓާ ހެއްޔާ މުބާރާތް" ވެސް ކުރިޔަށްދާނެ ކަމަށާއި، މިމުބާރާތުގައި 15 ސިކުންތު ތެރޭގައި އެންމެ ގިނަ އިސްކުރު ޖެހޭ ބޭފުޅަކަށް ވަރަށް ހާއްސަ އިނާމެއް ވެސް ހަމަޖެހިފައިވާކަމަށް ނޫރު ވިދާޅުވިއެވެ.