01 Aug 2017, 13:38
އެމްޓީސީސީން ވިއްކާ ޖަޕާނުގެ ޔަމްނާ ބްރޭންޑުގެ އިންޖީނުތަކަށް ޚާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ސާބަސް ޔަންމާ"ގެ ނަމުގައި މިއަދު ފެށި ޕްރޮމޯޝަން، މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ. މި ޕްރޮމޯޝަން ފައްޓަވައިދެއްވީ، އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
މި ޕްރޮމޯޝަނުގެ ދަށުން، އެމްޓީސީސީ ކަށަވަރުން ވިއްކަ ޔަންމާ 60 ހޯސްޕަވަރުން ފެށިގެން 255 ހޯސްޕަވަރާ ދެމެދުގެ އިންޖީނުތައް ޚާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.
އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ ވަގުތުން ފައިސާ ދައްކައިގެން ތަކެތި ގަންނަ ފަރާތްތަކަށް ކަމަށެވެ.
އެމްޓީސީސީއަކީ ޔަންމާ އިންޖީނާއި ސުޒުކީ އައުޓްބޯޑު އިންޖީނާއި، ކާސްޓްރޯލް އަޑީތެލާއި ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑްގެ ފައިބަރުކުރާ ސާމާނުގެ، ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.