ހައިކޯޓުގެ ފަނޑިޔާރު ޝުޖާ އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް އުފުލައި ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކަމަށެވެ.

ބިޝާމް ވިދާޅުވީ އެ މައްސަލައިގެ ތަފްސީލު ޝަރީއަތް ކުރިއަށްދާ ވަރަކުން އެނގިގެންދާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ސައުދު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް މީގެކުރިން ވަނީ ބަޔާނެއް ނަގާފައެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށް ދުވަސްތަކެއްވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ހަނީފް ވަނީ ދޫކޮށްލާފައެވެ.