01 Aug 2017, 11:49
މިއަހަރުގެ ރާއްޖެއިން ހައްޖަށްދާ ފަރާތްތަކާ އެކު އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްހައްޖުގެ ގޮތުގައި އިސްކޮށް ވަޑައިގަންނަވާނީ އިކޮނޮމިކް މިނިސްޓަރު ސައީދުކަމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
މިދިޔަ އަހަރު އަމީރުލް ހައްޖަކަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދަނީ 1،000 މީހުންނެވެ. އެއީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 700 މީހުންނާއި، ތިން ކުންފުންޏެއްގެ ހަވާލުގައި 300 މީހުންނެވެ.