ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ އަޑުއެހުން މިއަދުވެސް ސިއްރުން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 އަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ އެ ދައުވާއާ ގުޅިގެން މިިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި ޝަރީއަތްވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ނަމަވެސް ސިއްރު ކުރި ސަބަބެއް ކޯޓަކުން ނުބުނެ އެވެ.

އެ އަޑުއެހުން ފަށައިގެން ވަކިހިސާބަކުން ވަނީ ގާސިމްގެ ސިއްހީ ހާލަތު ގޯސްވުމުން އެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ އެ ދައުވާއަކީ މީގެ ކުރިންވެސް އޭނާގެ މަައްޗަށް އުފުލި ދައުވާއެކެވެ. އެހެން ނަމަވެސް އެ މައްސަލައިގެ އަޑުއެހުމަކަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރު ނުވުމުގެ ސަބަބުން ވަނީ ކޯޓުން އެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން އަނެއްކާވެސް ޕްރޮސިކިއުޓާ ޖެނެރަލްގެެ އޮފީހުން ވަނީ ގާސިމްގެ މައްޗަށް އެ ދައުވާ އުފުލާފަ އެވެ.

ޕީޖީން އަލުން ދައުވާ އުފުލުމާ ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ި، ގާޒީ ވިދާޅުވީ، އެ މައްސަލަ ކުރިއަށް ގެންދާނީ ކުރިން އެ މައްސަލައިގެ އަޑުއެހުންތައް ގޮސްފައިވާ ހިސާބުން ކަމަށެވެ.