ރައްޔިތުން މަޖިލީހުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، މަޖިލިސް ކުރާގޭގެ ފާހާނާ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިއަދު އިރުއޮއްސި 6:00 އެހާކަންހާއިރު ލިބުނު އެ ރިޕޯޓާ ގުޅިގެން އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.