31 Jul 2017, 15:14
ދާދިފަހުން އެންމެ މަޝްހޫރުވި ހަބަރަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރި ވާހަކަ އެވެ. ނަވާޒް ޝަރީފް މަގާމުން ދުރުކޮށްފައި ވަނީ މިދިޔަ އަހަރު ލީކުކޮށްލި ޕެނެމާޕޭޕާގައި ހިމެނުމުން އެ މައްސަލަ ޕާކިސްތާނުން ވަރަށް ވަރުގަދަ ތަހުގީގުތަކެއް ކުރުމަށް ފަހު އެވެ. ޝަރީފްގެ މައްޗަށް ދައުވާކޮށްފައި ވަނީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅު ފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ނަވާޒް ޝަރީފް އާއި އޭނާގެ އާއިލާއިން ޕާކިސްތާނުގެ ދައުލަތުގެ ފައިސާ ގަތަރަށް ގެންގޮސް އެ ފައިސާ އިން ލަންޑަނުން ގެތަކެއް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
ޕެނާމާ ޕޭޕާގައި ހިމެނިފައި ވަނީ ހަމައެކަނި ޕާކިސްތާނުގެ މީހުންނެއް ނޫނެވެ. އޭގެ ތެރޭގައި އިންޑިއާގެ ވަރަށް މަޝްހޫރު މީހުންނާއި ސިޔާސީ ފަރާތްތައް ވެސް ވަނީ ހިމެނިފަ އެވެ.
އާމީތާބް ބައްޗަން އަދި އައިޝްވާރިޔާގެ ވާހަކަ ވެސް ޕެނާމާ ޕޭޕާގައި ވަނީ ހިމެނިފަ އެވެ. އޭގެ އިތުރުން ވެސްޓްބެންގޯލް އާއި ނިއުދިއްލީއަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނާ އަދި އިންޑިއާގެ ވަރަށް ގިނަ މިލިއަނަރުން ވެސް ހިމެނެ އެވެ.

އިންޑިއާގެ ޗަޓިސްގާގެ ޗީފް މިނިސްޓަރު ރަމަން ސިންގް. ޕެނަމާ ޕޭޕާގައި އޭނަގެ ދަރިފުޅު ވެސް ހިމެނޭ
ޕެނަމާ ޕޭޕާގައި ހިމެނުނު ބޭފުޅުންނާ މެދު އިންޑިއާ އިން އެއްވެސް ފިޔަވަޅެއް ނާޅާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިންޑިއާގެ އިދިކޮޅު އެންމެބޮޑު ޕާޓީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވަނީ ދާދިފަހުން އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނާޅާތީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ. އަދި މޯދީގެ ސިޔާސަތުތައް ފާރުމާ ކުރެވިފައި ވަނީ ރައްޔިތުންގެ އަތުން ވަސީލަތްތައް ނިގުޅައި ގަތުމަށް ކަމަށް ރާހުލް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"ޕާކިސްތާނުގެ ބޮޑުވަޒީރު ޕެނަމާ ޕޭޕާޒްގައި ހިމެނުމުން އެވަނީ މަގާމުން ދުރުކޮށްފައި. އެއީ ގާނޫނުތައް ރަނގަޅަށް ނުހިނގާ ގައުމެއް. ޕެނަމާ ޕޭޕާގައި ހިމެނޭ ޗީފް މިނިސްޓަރު ރަމަން ސިންގުގެ އާއިލާ ވެސް. މޯދީ އަބަދު ވާހަކަ ދައްކަވާނެ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރާ ވާހަކަ. އެކަމަކު މޯދީއަށް ނުފެނޭ ޗީފް މިނިސްޓަރެއް." ޜާހުލް ގާންދީ ވިދާޅުވި އެވެ.
އެމައްސަލަ ހަމައެކަނި ނަގާފައި ވަނީ ރާހުލް ގާންދީ އެކަންޏެއް ނޫނެވެ. އިންޑިއާގެ ވަރަށް ގިނަ އެކްޓިވިސްޓްންނާއި އަދި ނޫސްވެރިން ވެސް ވަނީ އެ މައްސަލަތައް ނުބަލާތީ ނުރުހުން ފާލުކޮށްފަ އެވެ. ޢިންޑިއާ އަކީ އެންމެ ބޯޑު ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ ގައުމެވެ.
Panama papers hve names-BJP leader Raman Singh's son, Vinod Adani, AMITABH Bachchan, K P Singh Pak SC can unseat its PM. Modi Govt sleeping.
— ashutosh (@ashutosh83B)July 28, 2017
މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އެ މައްސަލަތަކުގައި ގިނަ ފަހަރު އިންސާފު ވެސް ލިބިފައެއް ނެތެވެ.
Reference Panama Papers:
In Pakistan, PM Sharif disqualified.
In India, Amitabh Bachchan honoured as Brand...https://t.co/gX8ln2GFPf— Vimlendu Jha (@vimlendu)July 28, 2017
His friend from Pakistan has been disqualified as PM in#PanamaVerdictbut he will ensure no harm to Indians named in Panama. What a manpic.twitter.com/fYTTneSzur
— Rana Ayyub (@RanaAyyub)July 28, 2017