31 Jul 2017, 14:43
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެމީހެއްގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
ހޯދަމުންދާ ދެމީހުންގެ ފޮޓޯ ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް"ސަން"އަށް ވިދާޅުވީ، އެމައްސަލައަކީ ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ މިވަގުތު އިތުރު ތަފްސީލް ދެވެން ނެތްކަމަށެވެ.
ފޮޓޯގައި ހިމެނޭ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.