ޓެކްނޮލޮޖީގައި އެންމެ އުސް ހަރުފަތުގައި އުޅޭ އެއް ކުންފުނި ކަމަށްވާ ސެމްސަންގް އިން އެމީހުން އަލްޓްރަވައިޑް ކެޓަގަރީގެ މިހާތަނަށް ނެރުނު އެންމެ ފުޅާ މޮނީޓަރު ތައާރަފްކޮށްފި އެވެ.

ސީއެޗްޖީ90ގެ ނަމުން ނަންދެވިފައިވާ މި މޮނީޓަރަކީ އެކުންފުނީގެ 'އަލްޓްރަވައިޑް' ފްލެގްޝިޕްގެ ދަށުން ނެރުނު ފުރަތަމަ މޮނީޓަރެވެ.

ސެމްސަންގްގެ ސީއެޗްޖީ90 ގެ މޮނީޓަރެއް --- ފޮޓޯ: ބިޒްނަސް އިންސައިޑާ

އާދައިގެ މޮނީޓަރުގެ އެސްޕެކްޓް ރޭޝިއޯ އަކީ 16:9 ކަމުގައިވާ އިރު ގިނަ އަލްޓަރަވައިޑް މޮނީޓަރުތަކުގައި ހުންނަ ރޭޝިއޯ އަކީ 21:9 އެކެވެ. ނަމަވެސް ސެމްސަންގެ ސީއެޗްޖީ90ގެ އެސްޕެކްޓް ރޭޝިއޯ އަކީ 32:9 އެކެވެ.

މިއީ ގޭމުކުޅޭ ފަރާތްތަކަށް ހާއްސަކޮށް ފަރުމާކޮށްގެން ނެރެނު މޮނީޓަރެއްކަމުން މީގައި ކޮމްޕިއުޓަރު ގޭމް ކުޅޭ ފަރާތްތަކަށް ފަސޭހަވާނޭ ފަދަ ޓެކްނޮލޮޖީ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި 'ކުއިކް ރެސްޕޮންސް ޓައިމް' އަދި އޭއެމްޑީ ގެ ފްރީސިންކް 2 ޓެކްނޮލޮޖީ ހިމެނެ އެވެ.

ގޭމުކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ނެރެވުނު ސީއެޗްޖީ90ގެ މޮނީޓަރު --- ފޮޓޯ: ބިޒްނަސް އިންސައިޑާ