30 Jul 2017, 12:28
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވަމުން އެބަ ގެންދަވަ އެވެ.
މިވަގުތު ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވަމުން ދާކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ. އެހެންނަމަވެސް އެ ބައްދަލުވުމަކީ ކޮން ކަމަކާ ގުޅިގެން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއްކަން ސާފެއް ނުވެ އެވެ.
ރައީސް ޔާމީން ފުލުހުންނާ ބައްދަލު ކުރައްވަމުން ގެންދަވާ އިރު އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ގައުމު ވަނީ ހަލަބޮލިވެފަ އެވެ.
އެންމެ ފަހުން ފުލުހުންގެ އިސްވެރިންނާ ރައީސް ޔާމީން އެގޮތަށް ބައްދަލު ކުރައްވާފައި ވަނީ އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅު ގޮއްވައި ހިނގައި ދިޔަ ހާދިސާއާ ގުޅިގެންނެވެ.