ފުވައްމުލަކުން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ޝަފީއު، 49، އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ދޫޑިގަމް އަވަށުން ޝަފީއު ގެއްލިފައި ވަނީ އޭނާ އަންހެނުންގެ ގެއިން ރޭގަނޑު ކެއުމަށް ފަހު 9:30 އެހާކަންހާއިރު އޭނާގެ މަންމަމެން ގެއަށް ދާން ނުކުތް ފަހުން ހަބަރެއް ނުވުމުންނެވެ.

ޝަފީއުގެ އަންހެނުންގެ ގެއާއި އޭނާގެ މަންމަގެ ގެ ވެސް ހުންނަނީ ދޫޑިގަމްގަ އެވެ.

އެ ރެއިން ފެށިގެން އާއިލާއިން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ޝަފީއު ހޯދުމުގެ މަސަތްކަތް ކުރަމުން އައި ނަމަވެސް މިއަދާ ހަމައަށް އޭނާގެ އެއްވެސް ނިޝާނެއް ފެނުފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ޝަފީއު ހޯދުމުގެ މަސަތްކަތް އަދިވެސް ކުރަމުން އަންނައިރު އެމްއެންޑީއެފް އިން ބުނީ މިހާތަނަށް އޭނާ ގެއްލުނު ދޫޑިގަމް އަވަށާއި އެ ސަރަހައްދުގެ މޫދުގެ ބޮޑު ބައެއް ވެސް ބަލާފައިވާނެ ކަމަށެވެ.

ޝަފީއު ގެއްލުނު އިރު އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެ އެވެ.