30 Jul 2017, 12:57
ސްޕޭނުގެ ބާސެލޯނާގައި ކުރިޔަށްދިޔަ ޓްމޮރޯލޭންޑް މިއުޒިކު ފެސްޓިވަލުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިފެސްޓިވަލުގެ މައި ސްޓޭޖުގައި ހިނގި މިއަލިފާނުގައ ހާދިސާގައި އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން އެސަރަހައްދަށް ޖަމާވެފައި ތިބި 22،000 މީހުން ވަނީ އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެވުނު ވީޑިއޯއަކުން ފެންނަ ގޮތުގައި ޓްމޮރޯލޭންޑް ފެސްޓިވަލްގެ މައި ސްޓޭޖުގެ ވައަތު ފަޅިންް ބޮޑު އަލިފާން ގަނޑެއް ރޯވާތަން ފެނެ އެވެ.
މިފެސްޓިވަލް އިންތިޒާމު ކުރި ފަރާތުން ހަބަރުދިން ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފެސްޓިވަލް އިންތިޒާމުކުރި ފަރާތުން ބުނެ އެވެ.
މަސްދަރު: ބީބީސީ