އޮސްޓްރޭލިއާގެ ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރާ ފުލުހުން އެ ގައުމުގެ މަތިންދާ ބޯޓަކަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައިފި އެވެ.

އެގައުމުގެ ބޮޑުވަޒީރު މަލްކޮމް ޓާންބުލް ހާމަ ކުރެއްވިގޮތުގައި އެންޓި-ޓެރަރިޒަމް ފުލުހުން ހިންގި މިއޮޕަރޭޝަންގައި އެ ގައުމުގައި ޓެރަރިސްޓް ހަމަލާދޭން ރޭވި ހަތަރު މީހަކު ވަނީ އަތުލައިގަނެފަ އެވެ.

މިމީހުން އަތުލެވުނު ތަންތަނުން ބޮން ހެދުމަށް ބޭނުންވާ ޒާތުގެ ސާމާނުތައް އަތުލައިގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި މި އޮޕަރޭޝަންގެ ސަބަބުން އެގައުމުގެ އެއާޕޯޓުތަކުގައި ސަލާމަތީ ކަންތައްތައް ވަނީ އިތުރަށް ވަރުގަދަ ކުރެވިފަ އެވެ.

މައްސަލަ ތަހުގީގުކުރުމަށް ހަވާލުކޮށްފައިވާ ފުލުހުންގެ އިދާރާގެ ފެޑެރަލް ޕޮލިސް ކޮމިޝަނަރު އެންޑްރޫ ކޮލްވިން ވިދާޅުވި ގޮތުގައި ހަމަލާދޭން އުޅުނު ކަމަށް ތުހުމަތު ކުރެވުނު ހަތަރު މީހުންނަކީ ދީނީ ގޮތުން ހަރުކަށި ވިސްނުންތަކަށް ތަބާވާ ޖަމާއަތަކަށް ނިސްބަތްވާ މީހުންނެވެ.

މަސްދަރު: ބީބީސީ