30 Jul 2017, 08:42
ބޮލީވުޑްގެ ޑާންސިންގ ޑީވާ މާދުރީ ދިކްޝިޓްގެ ހަޔާތުގެ މައްޗަށް، އިނގެރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ބޮލީވުޑް/ހޮލީވުޑް އެކްޓަރު ޕްރިޔަންކާ ޗޯޕްރާ ނިންމައިފި އެވެ.
އޭބީސީގެ އެ ސީރީޒް އަށް އަދި ނަމެއް ދީފައި ނުވި ނަމަވެސް، ޕްރިޔަންކާ ވަނީ ޕްރޮޖެކްޓު ފައިނަލް ވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ކައިވެންޏަށް ފަހު މާދުރީ ވަނީ ފިލްމީ ދާއިރާ އިން ބްރޭކެއް ނަގައިފަ އެވެ. މިހާރު ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައި ވާއިރު، މާދުރީ އެނބުރި ފިލްމީ ދާއިރާ އާއި ގުޅިފައި ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ.
ޕްރިޔަންކާ އާއި މާދުރީ އަދި އޭނާގެ ފިރިމީހާ އެގްޒެކެޓިވް ޕްރޮޑިއުސް ކުރާ އެ ސީރީޒްގައި ވެސް ފެނިގެން ދާނީ މާދުރީ އެމެރިކާ އަށް ބަދަލުވެ، ދިރިއުޅުން ކުރިއަށް ގެންދާ ގޮތެވެ.
އެ ސީރީޒް އިން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މާކް ގޯޑަން އަދި ނިކް ޕެޕަރ ހިމެނެ އެވެ.
ޕްރިޔަންކާ އޭނާގެ ހޮލީވުޑް ކެރިއަރު ފެށީ 'ކުއަންޓިކޯ' އިންނެވެ. އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު 'ބޭވޮޗް' އަށް ފަހު އިތުރު ދެ ފިލްމެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.