30 Jul 2017, 02:33
ޒަޚަމްތަކާ އެކު މާވެޔޮމަގުން ފެނުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ޒަޚަމްތަކާއެކު މާވެޔޮމަގުން މީހަކު ފެނިފައި ވަނީ މިރޭ 12:30 އެހައިކަންހާއިރު އެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކު އެވެ.
އެމީހާ އަށް ހަމަލާދިނީ ކޮން ސަރަހައްދަކުން ކަމެއް އަދި ލިބިފައިވަނީ ކިހާވަރެއްގެ ޒަޚަމްތަކެއް ކަމެއް ވެސް ސާފެއް ނުވެއެވެ. އަނިޔާ ލިބުނު މީހާގެ ވަނަވަރު ވެސް އަދި އެނގިފައެއްނުވެ އެވެ.
އައިޖީއެމްއެޗަށް އެމީހާ ގެންދިޔައިރު، އެ ހޮސްޕިޓަލްގައި ހުރި މީހަކު ބުނީ އެމަޖެންސީ ރޫމްގައި އޭނާ އަށް ފަރުވާދެމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
މިފަހަކަށް އައިސް މާލޭގައި މީހުން ގަޔަށް ވަޅިހެރުން ވަނީ އާންމުވެފައެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހު ކެފޭއެއްގެ ތެރޭގައި އިން ޒުވާނެއްގެ ބޮލަށް ވަޅިހެރުމުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.