29 Jul 2017, 14:56
ރެއާލް މެޑްރިޑްގެ ކޮލަމްބިއާ ފޯވާޑް ހަމޭސް ރޮޑްރިގޭޒާއި ޑެނިއެލާ އޮސްޕިނާގެ ހަ އަހަރުވީ ކައިވެނި ރަސްމީކޮށް ނިމުމަކަށް ގެނެސްފިއެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ މާސާގައި ރިޕޯޓުކޮށްފައި ވާގޮތުން، ލޯން އުސޫލުން މިވަގުތު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮޑްރިގޭޒްގެ ކައިވެ ރޫޅިފައި މިވަނީ، އޭނާއާ ރަޝިއާގެ މޮޑެލެއް ކަމަށްވާ، ހެލްގާ ލަވްކޭޓީއާ ދެމެދު ލޯބީގެ ގުޅުންތަކެއް ބާއްވާކަމަށް އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ރޮޑްރިގޭޒާއި ޑެނިއެލާއަކީ ކޮލަމްބިއާއަށް ނިސްބަތްވާ ދެމީހުންނެވެ. ފުރާވަރު އުމުރުގައި ކައިވެނިކޮށް މިހާތަނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދިޔަ އެ ދެމީހުންނަށް އަންހެން ދަރިއަކުވެސް ލިބިފައިވެއެވެ.

ހަމޭސް ރޮޑްރިގޭޒް، ޑެނިއެލާ އޮސްޕިނާ، ހެލްގާ ލަވްކޭޓީ -- ފޮޓޯ: އިންސްޓަގްރާމް
އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާގެ ކޮއްކޮ ޑެނިއެލާގެ ފަރާތުން ވަނީ، ކައިވެނި ރޫޅާލާފައި ވަނީ، ދެމީހުންނަށްވެސް އެންމެ ފައިދާވާނޭ ގޮތަކީ އެއީކަމަށް ބަލާފައި ދެފަރާތުން މަޝްވަރާކޮށް އެއްބަސްވުމަށް ފަހު ކަމަށެވެ.
"ސެލޮމީ ރޮޑްރިގޭޒް އޮސްޕިނާގެ ބެލެނިވެރީން ކަމަށްވާ ޑެނިއެލާ އޮސްޕީނާ އާއި، ހަމޭސް ރޮޑްރިގޭޒް ވަނީ އެ ދެމީހުންގެ ހަ އަހަރުވީ ކައިވެނި ރަސްމީކޮށް ނިމުމަކަށް ގެނެސްފައި،" އޮސްޕިނާ އާއިލާގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
"މިކަން ނިންމާފައިވަނީ، ދެމީހުންނަށް ވެސް އެންމެ ފައިދާވާނޭ ގޮތަށް.
"ކައިވެނި ރޫޅުނު ނަމަވެސް، އެ ދެމީހުންގެ ދަރިފުޅަށްޓަކައި ދެމީހުންގެ ދެމެދުގައި ލޯތްބާއި އިހްތިރާމްގެ ގުޅުން އޮންނާނެ."