28 Jul 2017, 16:40
ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޓޮމޯމޯ އިނާޑާ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެގައުމުގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި އޭނާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ ސުލްހަބެލެހެއްޓުމަށް އެގައުމުގެ އަސްކަރިއްޔާ ބޭނުންކޮށްފައިވާ ގޮތާބެހޭ ބައެއް ލިޔެކިޔުންތަށް ފޮރުވުމަށް މަސައްކަތްކުރިކަމުގެ ތުހުމަތު ކޮށްފައިވަނިކޮށެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓަރު އިނާޑާއަކީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ގެ ފަހުން އެމަގާމު ފުރުއްވާނެ ކަމަށް އެންމެ ލަފާކުރެވުނު ބޭފުޅާއެވެ.
އިނާޑާއަކީ އޭނާގެ 'މުއައްލިމް' އަބޭ ގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ފަރާތެއް ކަމުގައިވަނީ ފާހަގަކުރެވިފައެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން އިނާޑާ އިސްތިއުފާ ދެއްވާފައި މިވަނީ ބޮޑުވަޒީރު އަބޭ އަށް އެގައުމުގެ އިސް މަގާމުތަކަށް އެބޭފުޅާގެ ގާތްތިމާގެ މީހުންނާ ރަހްމަތްތެރިން ހޮވާކަމަށް ބުނެ އެތަށް ބައެއްގެ ފާޑުކިޔުންތަަށް ރައްދުވެފައިވާ ދަނޑިވަޅެއްގައެވެ.