ހަތް ދަރިން ހޯދަން ބޭނުންވާ ކަމަށް ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖިއާނާ ރޮޑްރިގޭޒް އިނީ، ޕޯޗްގީޒް ކެޕްޓަންގެ ހަތަރު ވަނަ ދަރިފުޅަށް ބަލިވެ އިންއިރު، ޗައިނީޒް ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، ހަތަރު ކޮއްކޮ އިތުރަށް ބޭނުންވާކަމަށް އޭނާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއަރ ބުނެފައިވާ ކަމަށެވެ.

ހަތް އަހަރުގެ ކްރިސްޓިއާނޯ ޖޫނިއަރ އެކޭ އެއްގޮތަށް ރޮނާލްޑޯގެ ނިބޫ ދެބެން ހޯދައިފައިވަނީ ވެސް އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ނިބޫ ދެބެންނާއެކު -- ފޮޓޯ: ގެޓީ

"އޭނާ ބޭނުންވާ 7. ޖާދޫގެ ނަންބަރު. އަހަރެންވެސް ގަބޫލުކުރަނީ އެއީ ހަމަ ރަނގަޅު އަދަދެއް ކަމަށް،" ރެއާލް މެޑްރިޑާއި ޕޯޗްގަލްގެ ޖާޒީ ނަންބަރު 7 އަށް ކުޅެމުން އަންނަ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ، އޭނާ ބޭނުންވަނީ އެއްފަހަރާ 7 ކުދީން ހޯދަން ނޫން ކަމަށާއި އުފަލުގައި ދުވަސްތައް ހޭދަކުރަމުން އާއިލާ ފުޅާކުރާން ކަމަށެވެ.

ރޮނާލްޑޯ އޭނާގެ ފިރިހެން ދަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ އަދި ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާއެކު --- ފޮޓޯ/ ރެކްސް ފީޗާޒް

އުމުރުން 32 އަހަރުގެ ރޮނާލްޑޯއަށް، ލިބިފައިވާ އިރު، އީވާއާއި މަޓިއޯ އުފަންވިކަން އޭނާ ރަސްމީކޮށް އިއުލާނުކޮށްފައިވަނީ، މިދިޔަ ޖޫންމަހުގެ ތެރޭގައެއެވެ.