ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހޯދުމަށް ފޮޓޯ އާންމުކޮށްފި އެވެ.

ސައުދު ހޯދުމަށް ފުލުހުން މިރޭ ފޮޓޯ އާންމުކޮށްފައިވާއިރު މިދިޔަ އަންގާރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ސައުދު ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ފުލުހުން އެ ރޭ ސައުދު ދޫކޮށްލީ ކޯޓު އަމުރުގައި ހިމެނެން ޖެހޭ އިޖުރާއަތުގައި ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.

އެ އަމުރުގައިވާ ގޮތުން ސައުދު ހައްޔަރުކުރީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވާތީ އެވެ. ފުލުހުން މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަމީތު ވެސް ހައްޔަރުކޮށްފަ އެވެ.

ސައުދު ހޯދުމަށް މަސަތްކަތް ކުރަނީ އިދިކޮޅު މަޖިލިސް މެންބަރުން ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަތް މައްސަލާގަ އެވެ.

އެ މައްސަލާގައި ބައެއް މެންބަރުން ފުލުހަށް ހާޒިރުކޮށްފައިވާއިރު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު(ލޯޔަރު ވައްޑޭ) ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.