މިމަހުގެ 19 ވަނަ ދުވަހު އެލްސިއޯން ބޭކަރީ ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ

ސ. ހިތަދޫ، ނާސިރައްދޫގެ، މުނާޒު މުހައްމަދު (20 އަހަރު)

ސ. ހިތަދޫ، ލުހާއު، އިބްރާހީމް އަރީން އަހްމަދު (20 އަހަރު)

ހއ. މޮޅަދޫ، ބަހާރުގެ، ސިރުފާން އިބްރާހީމް (20 އަހަރު)

ވ. ބުލޫނިޔާއާގެ، މޫސާ އިބްރާހިމް (21 އަހަރު)

ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު (20 އަހަރު)

އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް

ފުލުހުން ބުނީ، އެ އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ އެންމެންނަކީވެސް މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި، އެމީހުންގެ މައްޗަށް މައްޗަށް ކުށް ސާބިކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އަކާ ގުޅިގެންނެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފައިވަނީ 18 އަހަރުގެ ޒުވާނަކަށް ކަމަށާއި، އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.