20 Jul 2011, 15:59
މެންޗެސްޓާ ސިޓީގެ ކެޕްޓަން ހޯދުމަށް ބްރެޒިލްގެ ކޮރިންތިއަންސްއިން ކުރަމުންއައި މަސައްކަތް ހުއްޓާލާފައިވާ ކަމަށް ކޮރިންތިއަންސުން އިޢުލާންކޮށްފި އެވެ.
އެހެންކަމުން މެން ސިޓީ އިން ވަކިވާން ބޭނުންވި ޓެވޭޒް އިތުރު ދުވަސްތަކެއްގައި ސިޓީގައި މަޑުކުރަންޖެހިދާނެ ކަމުގެ ބިރު ޓެވޭޒްއަށް ވަނީ ހީވެފަ އެވެ.
ކޮރިންތިއަންސް އިން ޓެވޭޒް ހޯދުމަށް ހުށަހެޅި 40 މިލިޔަން ޕައުންޑްގެ ހުށަހެޅުން މެންސިޓީގެ ކޯޗް ގަބޫލުކުރި ކަމަށް ރިޕޯޓްތަކުން ބުނަމުންދަނިކޮށް ކޮރިންތިއަންސް އިން މިހާރު ވަނީ ޓެވޭޒް ހޯދުމަށް ކުރަމުން އައި މަސައްކަތް ދޫކޮށްލާފައިވާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.
މިއަދަށް ބްރެޒިލްގެ ޓްރާންސްފާ މުއްދަތު ހަމަވާ އިރު މެންސިޓީން އިން ހުށަހަޅާ ކަންތައްތައް ކޮރިންތިއަންސް އިން އެއްބަސްނުވެވުމުގެ ސަބަބުން އެކްލަބަށް ވަނީ ޓެވޭޒް ހޯދުމަށް ކުރަމުންއައި މަސައްކަތް ނިންމާލަން ޖެހިފަ އެވެ. އެހެންކަމުން އަންނަ ސީޒަންގައި ބްރެޒިލްގެ އެއްވެސް ކްލބަކުން ފެނުމުގެ ފުރުސަތެއް ޓެވޭޒްއަކަށް ނެތެވެ.
"ކްލަބްގެ ސްޕޯޓްސް ޑިރެކްޓަރު ޕޯލިސްޓާ ރަސްމީކޮށް މެންޗެސްޓާ ސިޓީއާއެކު ވާހަކަ ދައްކާ ޓެވޭޒް ހޯދެން ނެތް ސަބަބުތަކާ މެދު މަޝްވަރާކުރި. ޖުލައި 20 ވާ ބުދަ ދުވަހު ޓްރާންސްފާގެ މުއްދަތު ހަމަވާތީ ޓެވޭޒްގެ ސޮއިހޯދޭކަށް ނެތް ވާހަކަވެސް ދެންނެވި" ކޮރިންތިއަންސުން ނެރުނު ބަޔާނުގައިވެ އެވެ.
މެން ސިޓީ ދޫކޮށް ދާން އުޅޭކަމުގެ އިޝާރާތް ޓޭވޭޒް ދިނުމުން އެކްލަބްގެ ކޯޗް މަންޗިނީވަނީ އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑް އަގުއެރޯ އާއި އާސެނަލްއިން ނަސްރީ ގެނައުމަށް މަސައްކަތްކޮށްފަ އެވެ.