Back
Nov 23, 2025 SUN
SUN

މިނިވަން ދުވަހުގެ ތަހުނިޔާ އިނގިރޭސި ރާނީ ދިވެހިންނަށް ފޮނުއްވައިފި

މިނިވަން ދުވަހުގެ ތަހުނިޔާ އިނގިރޭސި ރާނީ ދިވެހިންނަށް ފޮނުއްވައިފި
Lead photo

ލަންޑަން (ޖުލައި 27): ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިނގިރޭސި ރާނީ އެލިޒަބެތް ދޭއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޮނުއްވައިފި އެވެ.

ރާނީ ފޮނުއްވި މެސެޖުގައިވާ ގޮތުން ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޔާމީނަށް ފޮނުއްވުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ އުފަލެކެވެ.

މީގެ އިތުރުން ރާނީ އެލިޒަބެތް ވަނީ ކުރިއަށް އޮތް އަހަރުގައި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަމަށް އެދި ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

އިނގިރޭސިންގެ ހިމާޔަތުގައި އޮތުމަށް ފަހު ރާއްޖެ އަށް ސިޔާސީ ގޮތުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖެ އަށް މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވި އިބުރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics