ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހައުޅުމުގެ ދައުވާއާ ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެއްސި ޝަރީއަތުގެ އަޑުއެހުން، ގާސިމްގެ ސިއްހީ ހާލަތު ހުރިގޮތުން ކެންސަލްކޮށްފިއެވެ.

މިރޭ އަޑެއެހުން ކުރިއަށް ގެންދިޔައީ ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. ޝަރީއަތް ކެންސަލްކުރީ އަޑުއެހުން ފެށިގެން ވަކި ހިސާބަކުން ސިއްހީ ހާލަތު ގޯސް ކަމަށ ްގާސިމް ވިދާޅުވުމުންނެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ އިތުރުން ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަށް އުޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މީގެ ކުރިން އަޑުއެހުންތަކެއް ބާއްވާފައިވާއިރު، ީ އަޑުއެހުމަކަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރު ނުވުމުންނެވެ.