ސެންޓާރާ ރަސްފުށި އައިލެންޑް ރިޒޯޓުގައި ފުޓްސަލް ދަނޑެއް އިއްޔެ ހުޅުވައިފި އެވެ.

އިއްޔެ ހަވީރު އެރިޒޯޓުގައި ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި އެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވީ އެ ރިޒޯޓުގެ ޖެނެރަލް މެނޭޖަރު ޕްރަޕައިޖީތް ތޮންގްމާ އަދި އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ރައްޔިތުން މަޖިލިސްގެ އދ. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެވެ.

މިއަދު ސެންޓާރާ ރަސްފުށީގައި ކުޅެވުނު އެކުވެރިކަމުގެ މެޗަށްފަހު ހަނދާނީ ފިލާ އަރުވަނީ ---

މި ފުޓްސަލް ދަނޑަކީ އެރަށުގައި ހުންނަ ސްޓާފް ޝޮޕްގެ ހިދުމަތްދޭ ފުޑް ސްޓަފް ޕްރައިވެޓް ލިމިޓެޑުން ކުރި ހަދިޔާއެއް ކަމަށް އެކުންފުނީގެ ފަރާތުން ވާހަކަ ދެއްކި ސޮފްވާން ޝަމީމް ވިދާޅުވި އެވެ.

"މިއަދު ހުޅުވުނު ފުޓްސަލް ގްރައުންޑަކީ ފުޑް ސްޓަފުން ސީއެސްއާރުގެ ދަށުން ސްޓާފުންނަށް ހަދިޔާކުރެވުނު ދަނޑެއް. މިއީ ވަރަށް ގިނަ ބައެއް އެކުލެވިގެން ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ނަތީޖާ، އިތުބާރާ އެކު މިވަރު ޕްރޮޖެކްޓެއް ހަވާލު ކުރީތީ ސެންޓާރާގެ މެނޭޖްމަންޓަށް މިފުރުޞަތުގައި ޝުކުރު ދަންނަވަން، މީގެ ސަބަބުން ފުޑް ސްޓަފް އާއި ސެންޓާރާއާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ސެންޓާރާގައި ކުޅެވުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން ---

އިއްޔެގެ ރަސްމިއްޔާތުގައި މިފުޓްސަލް ދަނޑު ވުޖޫދަށް ގެނައުމަށް މަސައްކަތްކުރި ފަރާތްތަކަށް އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ސެޓްފިކެޓް އެރުވުނެވެ.

އެ އަށް ފަހު ސެންޓާރާ ރަސްފުށިއާއި ސެންޓާރާ ގްރޭންޑް ގެ ސްޓާފުންނާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެވުނެވެ. މިމެޗުން 2-3ގެ ނަތީޖާ އަކުން މޮޅުވީ ރަސްފުށި އެވެ.