25 Jul 2017, 20:01
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެއްސި ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، ގާސިމްގެ ޝަރީއަތް ސިއްރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ސިއްރުކުރި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާތަކާ ގުޅިގެން މިއަދު ހެނދުނު ވަނީ އެވެ. އެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ގާސިމްގެ މައްޗަށް މިފަހަރުވެސް އުފުލާފައިވަނީ ކުރިންވެސް އުފުލި ދައުވާތައް ކަމަށާއި، އެހެން ކަމުން މައްސަލަ ކުރިއަށް ގެންދާނީ އެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބުން ކަމަށެވެ.
އެހެން ކަމުން މިރޭ 8:00 ގައި ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ކަމަށާއި، ވަކީލުންނާ އެކު ހާޒިރު ވުމަށް ގާސިމަށް ވަނީ އަމުރުކޮށްފައެވެ. އަދި ވަކީލުންނާ ނުލައި ހާޒިރުވި ނަމަވެސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަށް އުޅުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި މީގެ ކުރިން އަޑުއެހުންތަކެއް ބާއްވާފައިވާއިރު، ީ އަޑުއެހުމަކަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރު ނުވުމުންނެވެ.