25 Jul 2017, 10:36
އެސްޓީއޯ ސުޕަމާޓުގެ ހޯލްސޭލް ސެންޓަރުން ކުރިޔަށް ގެންދިޔަ ހޯލްސޭލް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ، ކުރާ ކޮންމެ 1،000 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ގޮތަށެވެ.
އެސްޓީއޯ ސުޕަމާޓުގައި މިއަދު ބޭއްވި ހަފްލާއެއްގައި، ހޯލްސޭލް ޕްރޮމޯޝަނުގެ ތިން ނަސީބުވެރިއަކު ވަނީ ހޮވައިފަ އެވެ. އެއްވަނައަށް ދިޔަ އަބްދުﷲ ނިޒާރު ސޯދިގަށް ދުބާއީ ދަތުރެއް ލިބުނު އިރު، ދެވަނައަށް ދިޔަ އިސްމާއިލް މިރުސަލްއަށް ތައިލެންޑް ދަތުރެއް، އަދި ތިންވަނަ އަށް ދިޔަ ޒީޝާއަށް އިންޑޮނޭޝިއާ ދަތުރެއް ލިބިގެން ދިޔަ އެވެ.
މީގެ އިތުރުން، ގުރުއަތުން ހޮވި އިތުރު 10 ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ހަމަޖެހިފައިވެ އެވެ.
އެސްޓީއޯ އިން 36 ބްރޭންޑެއްގެ މުދާ ރާއްޖެ އެތެރެކޮށް ހޯލްސޭލްކުރެ އެވެ. އެތަކެތީގެ ތެރޭގައި ކުކިންގް އޮއިލް، ސަންފްލާވާ އޮއިލް، ބާސްމަތީ ހަނޑޫ، ގެރިކިރު، ހިކި ކިރު، ޕާސްތާ، ޖޫސް، ކޮފީ އަދި ސައިފަތްވެސް ހިމެނެ އެވެ.