24 Jul 2017, 23:45
މިނިވަން ދުވަހާ ގުޅުވައިގެން ވ. އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް އެ އަތޮޅުގައި ކުރިއަށް އެބަގެންދެއެވެ.
ވ. ފެލިދޫ ޒެޑް ޖަމިއްޔާއިން އިންތިޒާމްކޮށްގެން، " ސީލައިފް ޒެޑް ފުޓްސަލް ޗެލެންޖު 2017"ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން އަށް ޓީމު ވާދަކުރާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައި ވެއެވެ. އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ލިބޭ މި މުބާރާތަކީ މިހާތަނަށް ވ. އަތޮޅުގައި ބޭއްވޭ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތެވެ.
މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނީ، ފެލިދޫ ދަނޑުގައި ޖުލައި 25ން 28ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި، ފުޓްސަލްގައި ރާއްޖެއަށް މަޝްހޫރު ބައެއް ކުޅުން ތެރިން ފެނިގެންދާނެ ކަމަށެވެ. މިއީ ފެލިދޫ ޒެޑުން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މުބާރާތުގެ ގުރުއަތުލުން ޖުލައި 22 ވަނަ ދުވަހުގެރޭ ބާއްވާފައި ވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭ:
އެފްސީ ހޮސްކޯވޯ
- އެފްސީ މާސިންގާ
- ބޮޑުމަގު އެފްސީ
- ކެޕްޓަން ތިނަދޫ
ގްރޫޕް ބީ:
އެންޖީ ސްޕޯޓްސް
- ރަކީދޫ އާރުއާރު
- މަސްޓަންގް
- އެފްސީ ބަޑީސް
ސީލައިފް ޒެޑް ފުޓްސަލް ޗެލެންޖު 2017ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެފްސީ ހޮސްކޯވޯ އާއި އެފްސީ މާސިންގާއެވެ.