މެގަސްޓަރ އަމީތާބް ބައްޗަންއަށް ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ދެ އަހަރު ދުވަހުގެ އިތުރު ފުރުސަތެއް ދީފިއެވެ.

ބޮލީވުޑްގެ ރަސްގެފާނު މީގެ ކުރިންވަނީ، އދ.ގެ ޖަމިއްޔާތަކުގެ އެމްބެސެޑަރެއްގެ ގޮތުގައި، ޕޯލިއޯ، ހެޕަޓައިޓިސް ބީ، ޓިއުބަކިއުލޮސިސް އަދި ޑައިބިޓީސް ފަދަ ބަލިތަކާ ދެކޮޅަށް ތަފާތު ކެމްޕޭންތަކުގައި ހަރަކާތްތެރިވެފައެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އަމީތާބުގެ ދައުރަކަށް ވާނީ، ކުޑަކުދީންގެ މެދުގައި ފަސޭހަކަމާއެކު ފެތުރޭ ނުރައްކާތެރި ދެ ބަލިކަމަށްވާ މީސްލްސްއާއި ރުބެއްލާ ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ހަރަކާތްތެރިވުމެވެ.

އުމުރުން 74 އަހަރުގެ މަޝްހޫރު ފިލްމީ ތަރި އާދީއްތަ ދުވަހު ވަނީ، ޕޯލިއޯއާ ދެކޮޅަށް ކުރެވުނު ކާމިޔާބު ކެމްޕޭންތަކަށް ފަހު، ޔުނިސެފުން އޭނާގެ އެމްބެސެޑަރޝިޕް ދެއަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށް ބުނެ އޭނާގެ ޓްވިޓާގައި ޕޯސްޓެއް ކޮށްފައެވެ.