24 Jul 2017, 16:31
ދުނިޔޭގެ ފުރަތަމަ 'ފްލޯޓިންގް' ވިންޑް ޓާބައިންގެ 'ދަނޑެއް' ސްކޮޓްލޭންޑްގެ އުތުރު-އިރުމަތީ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި އުފައްދައިފި އެވެ.
ވިންޑް ޓާބައިންގެ ޓެކްނޮލޮޖީއަށް އިތުރު ކޮށްލެވުނު މި އައު ބޮޅުގެ ސަބަބުން ވައިން ހަކަތަ އުފެއްދުމުގެ ކުޅަދާނަކަން ކަނޑުގެ ލޮނުގަނޑު ފުން ސަރަހައްދުތަކުގައި ވެސް ލިބޭނެ އެވެ.
މީގެ އިތުރުން މިޓާބައިން ތަކުން ފެނުގެ އޮއިވަރުން ވެސް ހަކަތަ އުފެއްދޭނެ އެވެ.
މި ފްލޯޓިންގް ޓާބައިންތައް ވުޖޫދަށް ގެނެސްފައި މިވަނީ 'ހައިވިންޑް' ކިޔާ ކުންފުންޏަކުންނެވެ. އަދި އެކުންފުނިން ބުނާ ގޮތުގައި މި ޓާބައިންތަކުން އުފައްދާ ހަކަތައިން ގާތްގަނޑަކަށް 20،000 އަށް ވުރެ ގިނަ ގެދޮރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ.
މަޝްހޫރު ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ސްޓެޓްއޮއިލް އިން ބުނި ގޮތުގައި މި އައު ޓާބައިންތަކުން އުފައްދާ ހަކަތަ އާދައިގެ ވިންޑް ޓާބައިން އިން އުފައްދާ ހަކަތަ އަށް ވުރެ އިތުރުވާނެ އެވެ.
މީގެ ކޮންމެ ޓާބައިނެއްގެ ބޮޑުމިނުގައި 575 ފޫޓު ހުންނަ އިރު ބަރުދަނުގައި 11،000 ޓަނު ހުންނާނެ އެވެ. ޓާބައިންގެ ކޮންމެ ފިޔަގަނޑެއްގައި 75 މީޓަރު ހުންނާ އެވެ.