Last Updated: 8 year 4 month ago

ފުލުހުން ހުރަސް އަޅާފައި ވަނިކޮށް ސަފުތައް ފަޅާލުމަށް ފަހު އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެއްޖެ އެވެ.

އެސަރައްހައްދުގައި ހުރި ސަންގެ ޑެޕިއުޓީ އެޑިޓަރު ހުސެއިން ހަސަން ވިދާޅުވީ ކުނޫޒުން ނުކުމެގެން ދިޔަ މެމްބަރުން ފުލުހުން ސަފްތައް ފޫއަޅުވާލާފައި 12 ވަރަކަށް މެމްބަރުން މަޖިލީހަށް ވަދެފައިވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ މަޖިލީހުގެ ތެރެއަށް ނުވަދެވި ގިނަ މެމްބަރުންތަކެއް އެބަތިބި ކަމަށެވެ.

އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ ތެރޭގައި-- ޓުވިޓާ: ރޮޒެއިނާ އާދަމް
މަޖިލީހުގެ އައްޑޫ މީޑޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފޯނުން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިދިކޮޅު ހުރިހާ މެމްބަރުންވެސް މިއަދު މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށެވެ.
އަދި މިހާރު އެބޭފުޅުން މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވަދެފައިވާ ކަމަށާއި އެބޭފުޅުން ދެން މަސައްކަތް ކުރާނީ މަޖިލީހުގެ އަމީން އާންމާ އާ ވާހަކަދައްކައިގެން މަޖިލީހުގެ ޖަލްސާއެއް ބޭވުމަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މިއަދު ޖަލްސާ ބާއްވާނެ ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހަށް ވަނުމަށް މަސައްކަތްކުރި ވަގުތު ހިނގި ހަމަނުޖެހުންތަކާއެކު ލިބުނު އަނިޔާއަކަށް ފަރުވާދިނުމަށް ކ.ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފައިސަލްއަށް އަނިޔާވުމުން ފަރުވާދިނުމަށް ގެންދަނީ-- ސަން ފޮޓޯ: ހުސެއިން ހަސަން
ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ސޯސަން މަގުގައި އިހުތިޖާޖު ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލާގައި މަޖިލީހުގައި މިއަދު ވޯޓު ބޭއްވުމަށެވެ.
މުޒާހަރާ ކަވަރު ކުރުމަށް މީޑިއާތަކަށް ހުރަސްތަކެއް
ސްޓެލްކޯ ސަރަހައްދުގައި ތިބި މަޖިލިސް މެމްބަރުން އެތަނުން ވަޑައިގަންނަވަނިކޮށް، އީވާ އަބްދުﷲގެ އިންޓަވިއުއެއް ލައިވްކޮށް ގެނެސްދެމުންދިޔަ ރާއްޖެޓީވީގެ ކެމެރާމަން، ލައިވްކުރާ ސާމާނާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި.
ސަންގު ޓީވީގެ ކެމެރާމަނަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. ފުލުހުންގެ ބެލުމުގެ ދަށުގައި 8 ވަރަކަށް ނޫސްވެރިން ތިބި ކަމަށްވޭ.
އަމީނީމަގު، ސްޓެލްކޯ ކައިރީގައި މަޖިލިސް މެމްބަރުންތަކެއް ތިއްބެވި. އެތަނުގައި ތިއްބެވީ މެމްބަރު މަހުލޫފާއި އަބްދުﷲ ޝާހިދާއި ފައްޔާޒު އިސްމާއީލާއި އީވާ އަބްދުﷲ އާއި އަބްދުލް ޣަފޫރު މޫސާގެ އިތުރުން ފަލާހު.
އަމީތާއި ވައްޑެ ފުލުހުންގެ ބެލުމުގެ ދަށަށް
މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ އަމީތާއި ވައްޑެގެ އިތުރުން މަޖިލީހުގެ އެހެން މެމްބަރުންތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް.
ފުލުހުންގެ ބަސް: މަޖިލީހަށް ވަނީ މެމްބަރުންނެއް ނޫން
ރައްޔިތުންގެ މަޖިލީހަށް ފުލުހުން ވަދެފައި ވަނީ މަޖިލިސް މެމްބަރުން ނޫން ގޮތުގައި މަޖިލީހުން ކަނޑައަާފައިވާ މެމްބަރުން ކަމަށް ފުލުހުން ބުނެފި.
ރައްޔިތުންގެ މަޖިލީހަށް ފުލުހުން ވަދެފައި ވަނީ މަޖިލިސް މެމްބަރުން ނޫން ގޮތުގައި މަޖިލީހުން ކަނޑައަާފައިވާ މެމްބަރުން، މަޖިލީހަށް ވަދެފައިވާތީ އެ މެމްބަރުން ނެރުމަށް ސިފައިން ފުލުހުންގެ ކިބައިން އެހީތެރި ކަމަށް އެދުމުން ކަމަށް ދަންނަވަން.
ރައްޔިތުންގެ މަޖިލީގެ މެމްބަރުން މަޖިލީހުގެ އިމާރާތުގެ ތެރެއިން ނެރެމުން އަންނަނީ ސިފައިން އެމެމްބަރުން އުފުއްލާލައިގެން،

މަޖިލީހުގެ އިމާރާތުގެ ތެރެއަށް ނުވަދެވޭގޮތަށް ގިނަ އަދަދެއްގެ ސިފައިންވަނީ މަޖިލިސް ދޮރުކުރިމަތީގައި ސަފުހަދާފައި

