24 Jul 2017, 13:12
ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)ގެ ރަސްމީ މައުރަޒު ކަމުގައިވާ މޯލްޑިވްސް މެރިން އެކްސްޕޯގެ މި އަހަރުގެ މައުރަޒުގެ މެއިން ސްޕޮންސާކަން އެމްޓީސީސީއާ ގަލްފް ކްރާފްޓުން ނަގައިފި އެވެ.
ކޮށްދިއްޕަރު ފިނޮޅުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މެއިން ސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީއާއި ގަލްފް ކްރާފްޓުން ސޮއި ކުރި އިރު އެ އެކްސްޕޯގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެއްސީ އެސްޓީއޯގެ ތެޔޮ ކުންފުނި، އެފްއެސްއެމް އާއި އެލައިޑް އިންޝުރެންސް އެވެ.

ކޮށްދިއްޕަރު ފިނޮޅުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ބްލަކް
އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ޖުމްލަ ނުވަ ކުންފުންޏަކުން ވަނީ މެރިން އެކްސްޕޯއާ ގުޅިފަ އެވެ. އެއީ މެރާކީ ކޮފީ ރޯސްޓާސް، ޑިޒައިން ގެލަރީ ހޯލްޑިންގްސް، އިންސައިޑް ޕްލަސް، މޯލްޑިވްސް ޓީވީ، ރޮންބަސް، ސެވަން އޯޝަން ޓްރާންސްޕޯޓް، އައިޓެކް، ޕާލޭ މޯލްޑިވްސް އަދި ޑައިވް 48 އެވެ.
ޕްރިމިއަމް ޕާޓްނަރުންނަކީ އެމް ސެވަން ޕްރިންޓް، އިވެންޓް މޯލްޑިވްސް އަދި އެމްއެމްޕީއާރުސީގެ އިތުރުން ދިރާގެވެ. އެ މައުރަޒު އިންތިޒާމުކުރަނީ ބްލަކް އިންނެވެ.