18 May 2010, 05:21
10:00
އިސްލާމިކް މިނިސްޓްރީން އެދިފައިވާ ގޮތަށް ޑރ. ޒާކިރު ނައިކްގެ ދަރުސްތައް ބާއްވަން ސްޓޭޑިއަމުން ދެ ދަނޑު ދިނުމަށް ހަމަޖައްސައިފި އެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިން އެދިފައިވާ ގޮތަށް މާފަންނު ސްޓޭޑިއަމުން ޖާގަ ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ޔޫތް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެދަރުސްތައް ބޭއްވުމަށް މުނިސްޕަލްޓީން ކުރިން ދޭ ގޮތަށް ހަމަޖައްސާފައި އޮތީ ކާނިވާ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން އެދިފައިވާ ގޮތަށް ޑރ. ޒާކިރު ނައިކުގެ ދަރުސްތައް ބޭއްވުމަށް ޓާފް ދަނޑާ ޖެހިގެން އޮންނަ ދެ ދަނޑު ދިނުމަށް ހަމަޖައްސާފައި މިވަނީ އެދަނޑު މި މަހުގެ 25- 30 އަށް ދޫކުރާނެ ކަމަށް ޔޫތު މިނިސްޓްރީން ކުރިން ބުނެފައި، އެންމެ ފަހުވަގުތު އެކަން ކެންސަލްކުރީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ގުޅައި، މަރުގެ އިންޒާރު ދެމުންދާ ކަމަށް ޔޫތް މިނިސްޓަރ އަލްއުސްތާޒު ހަސަން ލަތީފު ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވެ.