މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސިކިއާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ހަ މައްސަލަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އިން ބުނީ އެ ހަ މައްސަލާގައި އެދިފައި ވަނީ ޖުމްލަ 10 ދައުވާއެއްކޮށްދިނުމަށް ކަމަށެވެ.

އެ ހަ މައްސަލަތަކުގެ ތެރެއިން ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ ހަ މައްސަލާގައި ޖުމްލަ ހަ މީހުން ހިމެނޭ އިރު، އެ މައްސަލަތަކުގައި ޝާމިލް ވަނީ ހަތް ފިރިހެން އަދި ދެ އަންހެން މުވައްޒަފުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ނުވަ މީހުންގެ ތެރެއިން ހަތް މީހެއްގެ އަތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ ކުރުމަށް އެދިވެސް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެ މައްސަލަތަކުގައި ހިމެނެނީ ޖުމްލަ 2.7 މިލިއަން ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ.