ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ހޮނިހިރު ދުވަހު އީރާނާ ދެކޮޅަށް ކުޅުމަށް މިއަދު ހެދުނު ގައުމީ ޓީމް އިރާނަށް ފުރައިފި އެވެ.

މެޗަށް ތައްޔާރު ވުމުގެ ގޮތުން 25 ކުޅުންތެރިންނާއެކު ފަރިތަކުރަމުން އައި ޤައުމީ ޓީމް މިއަދު އިރާނަށް ފުރީ ސްކޮޑުން ދެކުޅުންތެރިޔަކު ބާކީ ކޮށްފަ އެވެ. އެއީ މާޒިޔާގެ ގޯލްކީޕަރު މުހައްމަދު ޔަމާނާއި މާޒިޔާގެ އަހުމަދު ރަޝީދު )އަންމަޑޭ( އެވެ. އީރާނާށް ދިޔައީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 23 ވަނަ ދުވަހު އީރާނާ ދެކޮޅަށް ނުކުންނަ ގައުމީ ޓީމް މިއަދު ހެދުނު ފުރިއިރު، ޓީމްގެ ކެޕްޓަން އަލީ އަޝްފާގް )ދަނގަޑޭ( އިއްޔެ ބުނެފައި ވަނީ ސީރިއާގައި 1997ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ކުޅުނު އިރު އީރާނުން ރާއްޖެ ކޮޅަށް ފުލުފުލުގައި ގޯލު ޖަހައި 17 ލަނޑު ހަމަކުރި ނަމަވެސް ދެން އެއަދަދަށް ރާއްޖޭގެ ގޯލަށް ލަނޑު ޖެހުމަކީ ޔަގީނުން ވެސް އީރާނަށް ނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި ބުނީ އެމުބާރާތުގައި އީރާނުގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖެހި ޖެހިނަމަވެސް، އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗްގައި ނުވަ ލަނޑު ވެސް ނުޖެހޭނެ ކަމަށެވެ.

މެޗާ ބެހޭގޮތުން އިއްޔެ މެންދުރު ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމްގެ
ކޯޗް ޑިއޭގޯ ކްރިސިއާނީ ބުނީ، އީރާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ ފުރަތަމަ ލެގުގައި އީރާނަށް ތަފާތު ބޮޑު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއަށް ވުރެ ދިވެހި ޓީމްގެ ފެންވަރު ރަނގަޅު ކަމަށެވެ.

ޤައުމީ ޓީމް މިއަދު ހެދުނު އިރާނަށް ފުރިއިރު، އިރާނާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ފަސްގަޑުގައި މި މަހުގެ 28 ވަނަ ދުވަހު އެވެ.

އިރާނަށް ފުރި ޤައުމީ ޓީމްގެ ސްކޮޑް:
1- މުހައްމަދު އުމައިރު
2- މުހުތާރު ނަށީރު )ޓޫކިލޯ(
3- އައްސަދު އަލީ )އަޑުބަރޭ(
4- އަހުމަދު ސައީދު )އައްމަޓީ(
5- އިބްރާހިމް ފަޒީލް )އޮއްޕޮ(
6- ސޮބާޙް މުޙައްމަދު
7- މުޙައްމަދު އާރިފް )ބަކާ(
8- އަހުމަދު ތޯރިގް )ޓޮމް(
9- އަކުރަމް އަބްދުލް ޤަނީ )އަކޫ(
10- އަލީ އަޝްފާގް )ދަނގަޑޭ(
11- އަބްދުﷲ އަނީފް )ބެންޖޯ(
12- މުހައްމަދު ޖަމީލް )ޖަމްބޭ(
13- އައްސަދު އަބްދުލް ޤަނީ (އައްސަދު(
14- މުޙައްމަދު ފައިސަލް
15- ސަންވީލް ޤާސިމް )ބޮންޑާ(
16- އިމްރާން މުޙައްމަދު
17- އަލީ ފާސިރު )ސެންޓޭ(
18- ފައިރޫޒް އާދަމް
19- އާދަމް ލަރީފް )ރޮނާ(
20- އަހުމަދު އަބްދުއްލާ
21- އަހުމަދު އާތިފް
22- އިސްމާއިލް މުހައްމަދު )އިއްސޭ(
23- ސާފިޢު އަހުމަދު