23 Jul 2017, 19:04
ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ އެ މަގާމުން ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމައިފި އެވެ.
ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުން ހަސަން އަލީީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އޭނާ އެ މަގާމުން ވަކިކުރުމާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަަށް މައްސަލަ ހުށަހެޅީ، ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކޮށްފައިވަނީ، ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް ހިނގާ މުއްދަތަށް މުސާރައާއި އިނާޔަތް ލިބެންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.
އެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ، ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމަކީ، މަސްއޫލިއްޔަތު ތަކަށް ބަލާއިރު، އިސްފަރާތެއް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެމްބަރުން އިއްތިފާގުވެފައިވާ ކަމަށެވެ. އެހެން ކަމުން ހަސަން އަލީ އަކީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ވަޒީފާއިން ވަކި ކުރުމުން ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައްގުން އިސްތިސްނާވާ ފާރާތެއް ކަމަށެވެ.
އެހެން ކަމުން އެ މައްސަލައަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް އެ ޓްރައިބިއުނަލުގެ ނިންމުމުގައިވެއެވެ.
ހަސަން އަލީ ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުން ވަކި ކުރުމަށްފަހު މެއި މަހު ވަނީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އޭނާ އެވެ.
މީގެ ކުރިން ހަސަން އަލީ ވަނީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމާއި ހައުސިން މިނިސްޓްރީގެ ނައިބުކަންވެސް އަދާ ކުރައްވާފައެވެ. ހައުސިން މިނިސްޓްރީގެ ނައިބު ކަމުގެ މަގާމަށްފަހު އޭނާ ހަމަޖެއްސީ ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމަށެވެ.