20 Jul 2011, 09:36
މުޅި ދައުލަތުގެ ބަޖެޓުގެ ރިކަރެންޓް ހަރަދުގެ ދެ ބައިކުޅަ އެއްބައިވަރު ހަރަދުކުރަނީ ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ މުވައްޒިފުންނަށް މުސާރަ އާއި އިނާޔަތްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި ބަޔާނަކުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނަނީ ދައުލަތުގެ ރިކަރަންޓް ހަރަދުގެ 49 ޕަސެންޓް ހަރަދުކުރަނީ ދައުލަތުގެ މުވައްޒިފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކަމަށެވެ.
އެ މިނިސްޓްރީ އިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މުސާރަ އަށް ކުރާ ހަރަދުގެ 39 ޕަސެންޓް ]1.5 ބިލިއަން ރުފިޔާ[ ވެރިކަން ހިންގުމުގެ ބާރަށް ހަރަދުވާ އިރު، ކައުންސިލްތަކާ އެކު ސިޔާސީ މަގާމުތަކަށް 20 ޕަސެންޓް، 843 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
އޭގެ ތަފްސީލްތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 244 ބޭފުޅަކަށް އަހަރަކު 99178980 ރުފިޔާ މުސާރައިގެ ގޮތުގައި ހަރަދުކުރެ އެވެ. އެއީ މުސާރަ އަށް ކުރާ ހޭދައިގެ އެއް ޕަސެންޓެވެ. ރައީސް އޮފީހުގެ އިދާރީ މަސައްކަތް ކުރާ މުވައްޒިފުންނަށް ވެސް އެ އިންސަންތައިން ހަރަދުކުރެ އެވެ. ރައީސް އޮފީހުގެ އިދާރީ 186 މުވައްޒިފަކު ތިބޭއިރު އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްކަށް އަހަރަކު 27.3 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
ނަމަވެސް ރިކަރަންޓް ހަރަދުގެ ތެރެއިން ގާތްގަނޑަކަށް ދެ ބައި ކުޅަ އެއްބައި ހަރަދުވަނީ ސިވިލް ސާވިސް މުވައްޒިފުންނަށާއި ކައުންސިލްތަކަށާއި އަދި ޔުނީފޯމް ބޮޑީތަކަށެވެ. ދެން ބާކީ ބެހެނީ މިނިވަން މުއައްސަސާތަކަށެވެ.
ސަރުކާރަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ މިއަހަރު ކުރެވުނު ހަރަދު 12 ޕަސެންޓް އިތުރުވާނެ ކަމަށް ފިނޭންސްއިން ލާފަކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ހަރަދުގެ ބަޔާނެއް ކުއްލި ގޮތަކަށް އާންމުކުރި އިރު ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބަޖެޓުން ހޭދަކުރާ ގޮތް ބަލައި ދިރާސާކުރުމަށް ނިންމައިފަ އެވެ.
މުޅ