23 Jul 2017, 14:52
ފުޅިއަޅައިގެން އެންދަމަށް ފީނަން އުޅުނު މީހަކު، ޑައިވިންގް ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފުން ހެލިކޮޕްޓަރުގައި އައްޑޫ ސިޓީގެ ގަމަށް ގެންގޮސްދީފި އެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރަނގި ހެލިކޮޕްޓަރުގައި މިއަދު ހެނދުނު 11:30 އެހާކަންހާއިރު ސ.ގަމަށް ގެންގޮސްދީފައި ވަނީ ގދ. ތިނަދޫގައި ހިންގާ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 50 އަހަރުގެ ދިވެއްސެއް ކަމަށެވެ.
އެމީހާ ސ.ގަމަށް ގެންގޮސްދީފައި ވަނީ ޞިއްހީ އިތުރު އަވަސް ފަރުވާއަށް ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންދިއުމަށް ޓަކައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެމީހާ އެންދެމުމަށް، ރޭ ފަތިހު 43 މީޓަރަށް 30 މިނެޓުގެ ޑައިވްއެއް ކޮށްފައިވާ ކަމަށެވެ.