21 Jul 2017, 23:08
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސާ އިސްތިއުފާ ދެއްވައިފިއެވެ.
އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އިންތިޚާބުވިކަން ކަށަވަރުވި ހިސާބުން، ޓްރަމްޕް ވަނީ ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީކަން ޝޯން ސްޕައިސާއަށް ދޭނެކަން އިއުލާން ކުރައްވައިފައެވެ.
އޭގެ ފަހުން ޓްރަމްޕް ސަރުކާރުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ޖޭސަން މިލަރ އިސްތިއުފާ ދެއްވުމުން، އެ މަގާމާ ވެސް ހަވާލުވީ ޝޯން ސްޕައިސާއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ޝޯން ސްޕައިސާ މިއަދު އިސްތިއުފާ ދެއްވީ، އޭނާ އަދާކުރައްވަމުން ގެންދިޔަ ވައިޓްހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން، އެކަމާ ނުރުހުން ފާޅުކުރައްވަމުންނެވެ.
ވައިޓްހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރަކަށް އައްޔަނުކުރައްވަނީ އެމެރިކާގެ ވިޔަފާރިވެރިޔާ، އަދި އެގައުމުގެ އެގްޒިމް ބޭންކްގެ ޗީފް ފައިނޭންޝަލް އޮފިސަރ އެންތޮނީ ސްކަރަމުޗީއެވެ.