ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް އިއްޔެ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

ނ. އަތޮޅު ހޮސްޕިޓަލަކީ ރީޖަނަލް ހޮސްޕިޓަލު ތަކުގެ ތެރެއިން ފަސްވަނަ އަށް ޑައިލިސިސްގެ ޚިދުމަތް ދޭން ފެށި ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ދިނުމަށް ދެ މެޝިނެއް ވަނީ ބަހައްޓާފަ އެވެ.

ޑައިލިސިސް ހަދަމުންދާ 25 މީހަކު ނ. އަތޮޅުގައި ތިބި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.